ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ލ. މާބައިދޫ ކައުންސިލްގެ ރައީސް ހުވާކުރުން ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

ޕީޕީއެމްގެ ކެނޑިޑޭޓް ޙަސަން އާދިލްގެ މައްޗަށް އެއް ވޯޓުގެ ފަރަޤަކުން ކުރި ހޯދައި، އިންތިހާބު ކާމިޔާބުކުރި އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ވިސާމް ހުވާ ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރު ކޮށްފައިވަނީ އާދިލްގެ ފަރާތުން ހައިކޯޓަށް ހުށައަޅާފައިވާ އިންތިޚާބީ ޝަކުވާ އަކާ ގުޅިގެންނެވެ.

ހައި ކޯޓުގެ އަމުރުގައި ވަނީ މުޙައްމަދު ވިސާމް ލ. މާބައިދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުމަކީ އެ ވޯޓާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތާއި އިންތިޚާބުގައި ވާދަކުރި ފަރާތްތަކުގެ ޙައްޤަކަށް އުނިކަން އަތުވެދާނެކަމެއް ކަމަށް ވާތީ މައްސަލައިގައި ފައިސަލާކުރަނިވި ޙުކުމެއް ކުރެވެންދެން، ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ވަކިގޮތަކަށް އަންގަންދެން، ލ. މާބައިދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުން ފަސްކުރުމަށް ހައިކޯޓުގެ ޤަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން އަމުރު ކުރާ ކަމަށެވެ.

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އާދިލަށް ލިބުނީ 279 ވޯޓެެވެ. އަދި ވިސާމަށް ލިބުނީ 280 ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން