ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި 7 މީހުންގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު އިތުރުކޮށްފިއެވެ.

އިއްޔެ އައްޑޫ ސިޓީގައި ފުލުހުންނާ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި 7 މީހުންގެ ތެރެއިން ތިން މީހަކަށް ވަނީ 15 ދުވަސް ޖަހާފައެވެ. އަދި އަނެއް ހަތަރު މީހުންނަށް 7 ދުވަސް ވަނީ ޖަހާފައެވެ.

އައްޑޫ ސިޓީގައި ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފައިވާއިރު، މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު ސަލާމަތީ ބާރުތަކުގެ އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަލަމާތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އައްޑޫން ޓެރަރިޒަމްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރި ނަމަވެސް މި އޮޕަރޭޝަނާ ގުޅޭ އިތުރު މަޢުލޫމާތެއް ސަލާމަތީ ބާރުތަކުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން