ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ގުނުން ކުރިޔަށްދަނީ
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ގުނުން ކުރިޔަށްދަނީ
ތ.ކަނޑޫދޫ ކައުންސިލް ހުވާކުރުންވެސް ހައިކޯޓުން ހުއްޓުވައިފިއެވެ.

ހައިކޯޓުން މިއަދު ވަނީ ލ. މާބައިދޫ އާއި، ހއ. ފިއްލަދޫ ކައުންސިލަށް އިންތިޚާބުވި ރައީސުން ހުވާކުރުންވެސް ހުއްޓުވާފައެވެ. އަދި މިމަހުގެ 12 ވަނަ ދުވަހު ވަނީ ގއ. ކޮނޑޭ ކައުންސިލްގެ ރައީސް ހުވާކުރުންވެސް ފަސްކުރަން އަމުރުކޮށްފައެވެ.

ތ. ކަނޑޫދޫ ކައުންސިލް ހުވާކުރުން ހުއްޓުވައި ހައި ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ އެ ކައުންސިލްގެ މެންބަރުން މަޤާމުގެ ޤާނޫނީ ހުވާކުރުމަކީ އެ ވޯޓާ ގުޅިގެން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވާ ފަރާތާއި އިންތިޚާބުގައި ވާދަކުރި ފަރާތްތަކުގެ ޙައްޤަކަށް އުނިކަން އަތުވެދާނެކަމެއް ކަމަށް ވާތީ މައްސަލައިގައި ފައިސަލާކުރަނިވި ޙުކުމެއް ކުރެވެންދެން، ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ވަކިގޮތަކަށް އަންގަންދެން، ތ. ކަނޑޫދޫ ކައުންސިލްގެ ޤާނޫނީ ހުވާކުރުން ފަސްކުރުމަށް ހައިކޯޓުގެ ޤަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން އަމުރު ކުރާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވި މެންބަރުން ހުވާކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން