ކުރިއަށްއޮތް ފަސް އަހަރު ދުވަހަށް ލޯކަލް ކައުންސިލް ތަކަށް އިންތިޚާބު ކޮށްފައިވާ ކައުންސިލަރުން މިއަދު ހުވާކުރަށްވައިފިއެވެ.
ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ގިނަ ރަށްރަށުގައި ބާއްވާފައި ވަނީ އޮންލައިކޮށެވެ. މިއީ ކޯވިޑް-19 އިން ރައްކާތެރި ވުމަށް ބާރުއެޅުމުގެ ގޮތުން އެލްޖީއޭއިން އެޅި ފިޔަވަޅެކެވެ.
ކުރިއަށް އޮތް ފަސް އަހަރަށް އިންތިޚާބުކުރި ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އިންތިހާބުވި މެންބަރުންނަށްވެސް މިއަދު ވަނީ މަގާމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، މެމްބަރުންވެސް މިއަދު ވަނީ ހުވާ ކުރަށްވާފައެވެ.
އެގޮތުން މާލެ ސިޓީ މޭޔަރު ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރަށްވާފައިވާއިރު، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވި މޭޔަރުން މިއަދު ވަނީ ހުވާ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު