މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން
މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އިންތިޚާބުކުރުން ފަސްކޮށްފިއެވެ.

އަލަށް އިންތިޚާބު ކޮށްފައިވާ މާލެސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މިއަދު ހެނދުނު ބާއްވާފައިވާއިރު، މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ، ޑެޕިއުޓީ މޭޔަރަކު ހޮވުން ފަސްކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން އަންގާފައިވާކަމަށެވެ. އެގޮތަށް އެލްޖީއޭއިން އަންގާފައިވަނީ ޑެޕިއުޓީ މޭޔަރަކު ހޮވުމަކީ ސިއްރު ވޯޓަކުން ކުރަންޖެހޭ ކަމަކަށް ވުމާއެކު، މިއަދުގެ ޖަލްސާ އޮންލައިންކޮށް ބޭއްވޭތީ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމުން ހުރިހާ ކައުންސިލަރުންގެ ޙާޟިރުގައި ބޭއްވޭ ޖަލްސާއެއްގައި ޑެޕިއުޓީ މޭޔަރަކު ހޮވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައިވާކަމަށް ޑރ. މުޢިއްޒު މިއަދު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުގެ 11 ގޮނޑިއެއް އިދިކޮޅު ޕީޕީއެމުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ ފަސް ގޮނޑިއެވެ. އަދި ޖުމްހޫރީ ޕާޓީން އެއް ގޮނޑި ކާމިޔާބު ކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން