ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީސް ގޮއްވާލަން ގޮވާލާފައިވާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ޓެރަރިޒަމާ، ހަރުކަށި ފިކުރާއި، ހައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތްތަކެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފަށާފައިވާ ވަގުތެއްގައި މިފަދަ ކޮމެންޓެއް ކޮށްފައިވާ ޕޯސްޓެއްގެ ސްކްރީން ޝޮޓް ސޯޝަލް މީޑިއާއަށް ދޫކޮށްލަށްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު، ވައްޑެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ލައިވް ސްޓްރީމަށް މީހަކު ކޮށްފައިވާ އެ ކޮމެންޓްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީސް ގޮއްވާލަންޖެހޭ ކަމަށާއި، އެތަނަކީ ރައްޔިތުންގެ ލާރި ޙަރާން ގޮތުގައި ކާ ބައެއް އުޅޭ ތަނެއް ކަމަށެވެ. އަދި އެތަން ބަހައްޓާނެ ކަމެއް ނެތްކަމަށް އެމީހާގެ ކޮމެންޓްގައި ބުނެފައިވެއެވެ. އެ ކޮމެންޓް ހިމެނޭ ފޮޓޯ ޓްވީޓް ކުރަށްވައި މެންބަރު ވަޙީދު ވަނީ އެ މައްސަލަ ބަލައިދިނުމަށް ދަޢުލަތުގެ ކަމާގުޅޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.



މިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމައްސަލަ ޚާއްސަ މައްސަލައެއްގެ ގޮތުގައި މަޖިލީހުގެ 241 ކޮމިޓީން ދިރާސާކުރުމަށްފަހު ސެކިއުރިޓީ ފެއިލްވި ގޮތުގެ އިންކުއައިރީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ރޭ ވަނީ އިޤުރާރުވެފައެވެ. މި އިގްރާރު ފާސްކުރީ 49 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން މިހާތަނަށް 3 މީހުން ހައްޔަރުކޮށްފައިވީ ނަމަވެސް އެ މައްސަލައިގެ މާބޮޑު ތަފްސީލެއް ތަޙްޤީޤީ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން