ރައީސް ޔާމީން އަވަހާރަކޮށްލަން ބޮންގޮއްވި މީހުން މިހާރު ތިބީ ފިނިކޮޓަރީގައި ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މެންބަރު ޝިޔާމް ވިދާޅުވީ، ޓެރަރިޒަމްގެ ވާހަކަ ދައްކާއިރު މި ސަރުކާރުގެ އިޚްލާސްތެރިކަމުގެ އެއްވެސް ނިޔަތެއް ނުފެންނަ ކަމަށެވެ. އެގޮތުން ރައީސް ޔާމީން އަވަހާރަކޮށްލަން ބޮންގޮއްވި މީހުން މިހާރު ތިބީ ފިނިކޮޓަރީގައި ކަމަށާއި، އެހެންކަމުން މިހާރުގެ ޑިފެންސް މިނިސްޓަރ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑު މި ދެންނެވީ ރައީސް ޔާމީނަށް ދިން ޙަމަލާއާއި ގުޅިގެން އޭރު ހައްޔަރު ކުރެވުނު، އޭރު ދަޢުވާ އުފުލި ޙުކުމް ކުރެވުނު ފަރާތްތައް. އަޅުގަނޑު މި ދަންނަވަނީ އަޙްމަދު އަދީބާއި، އޭނާއާއި އެކީގައި ބައިވެރިވި ފަރާތްތައް. މިސަރުކާރު އައިސް އެތިބީ މިނިވަން ކޮށްފަ، އޭގެ ތެރެއިން ބައެއް މީހުން. ކޮބައިތޯ އިންސާފަކީ؟" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މި ސަރުކާރުން އިންސާފު ހޯދައިދިނުމަށް ކުރާ ކަމެއް ނުފެންނަ ކަމަށާއި، ޓެރަރިޒަމް ނައްތާލުމަށް ކުރާ މަސައްކަތެއްވެސް ނެތް ކަމަށެވެ.
ސެމްޓެމްބަރު 2015 ގައި ރައީސް ޔާމީން ހައްޖަށް ކުރެއްވި ދަތުރުފުޅަށް ފަހު، ސައުދީ އަރަބިއްޔާއިން އެނބުރި ވަޑައިގަތް ދުވަހު، އެ މަނިކުފާނު އިންނެވި ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ރައީސްގެ އަނބިކަނބަލުންގެ އިތުރުން ރައީސްގެ ބޮޑީގާޑަކާއި ސެކްރެޓަރީއަށް ބޮޑެތި އަނިޔާތައް ލިބުނެވެ.
އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. އަދި އެ ހުކުމް މި ސަރުކާރު އައިފަހުން ވަނީ ބާތިލް ކޮށްފަ އެވެ. އަދި އެ މައްސަލާގައި ހިމެނުނު ގިނަ ފަރާތްތައް މިހާރު ވަނީ މިނިވަންވެފައެވެ.
އެހާދިސާ ތަހުގީގު ކުރަން ރާއްޖެއިން ބޭރުން ގެނައި ޓީމުގެ ހޯދުންތަކުގައި އެ ލޯންޗްކޮޅުގައި ގޮވި ގޮވުމަކީ ނުރައްކާތެރި ބޮމެއް ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ހޯދިފައެއް ނެތެވެ. އަދި ފަހުން ރައީސް އޮފީހުގެ ތަރުޖަމާން މުޢާޒް ހާމަ ކުރެއްވި މައުލޫމާތަށް ބަލާއިރު އެ ހާދިސާއާއި ގުޅިގެން އާންމުކުރި ވިޑިއޯއިން ފެންނަނީ ވެސް ހަގީގަތެއް ނޫނެވެ. އޭނާ ވެސް ވިދާޅުވެފައި ވަނީ އެލޯންޗް ކޮޅުގައި އެފަދަ ނުރައްކާތެރި އެއްޗެއް ނުގޮވާ ކަމަށެވެ. ނަމަވެސް މިހާދިސާގައި އަނިޔާ ލިބިވަޑައިގެން މެޑަމް ފާތުން ގިނަ ދުވަސް ތަކެއް ވަންދެން ހޮސްޕިޓަލުގައި އޮންނެވިއެވެ. ނަމަވެސް އެކަމަނާއަށް ލިބިވަޑައިގެންނެވި ގެއްލުމާބެހޭ މައުލޫމާތެއް އެކަމަނާއަށް ފަރުވާދިން ޑޮކްޓަރުން ހާމަކުރަށްވާފައެއް ނުވެއެވެ. އަދި އެފަދަ ފޮޓޯއެއްވެސް އާންމުކޮށްފައެއް ނުވެއެވެ.
އެލޯންޗުކޮޅުގައި އެއްޗެއް ގޮވިއެވެ. އެއަޑުފަށްގަނޑު ވިޑިއޯތަކުންނާއި އެވަގުތު އެތަނުގައި ތިބި ފަރާތްތަކަށް އިވުނެވެ. މެޑަމް ފާތުން ލޯންޗްކޮޅުތެރެއަށް ވެއްޓިވަޑައިގެންފައި އޮއްވާ ލޯންޗްކޮޅުން ބޭލީ އަތްދަނޑިމަތީގައެވެ. އަދި ލޯންޗްކޮޅުގެ ދޮރުކޮޅު ނެއްޓޭ މަންޒަރުވެސް ވިޑިއޯ ފުޓޭޖުތަކުން ފެނެއެވެ. ނަމަވެސް މިހާދިސާގައި ރައީސް ޔާމީނަކަށް އެއްވެސް އަނިޔާއެއް ނުވެއެވެ.

saabahey @Shiyamaldives thikurahvaa bura ihulaas theri masah kathah , thee hama RaeesYameen vafaatheri thedhuveri ihulaas theri eh dhuvahakuves dhegotheh nuvaane MP eh salute haguu👏👏👏👏👏👏👏👊👊💪❤️🔥🔥🔥🔥 pic.twitter.com/2MKu1JBZWR
— Hussain Shifaz (@H_Shifaz) May 17, 2021
ޝިޔާމް ވިދާޅުވީ، މި ސަރުކާރުން އިންސާފު ހޯދައިދިނުމަށް ކުރާ ކަމެއް ނުފެންނަ ކަމަށާއި، ޓެރަރިޒަމް ނައްތާލުމަށް ކުރާ މަސައްކަތެއްވެސް ނެތް ކަމަށެވެ.
ސެމްޓެމްބަރު 2015 ގައި ރައީސް ޔާމީން ހައްޖަށް ކުރެއްވި ދަތުރުފުޅަށް ފަހު، ސައުދީ އަރަބިއްޔާއިން އެނބުރި ވަޑައިގަތް ދުވަހު، އެ މަނިކުފާނު އިންނެވި ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ރައީސްގެ އަނބިކަނބަލުންގެ އިތުރުން ރައީސްގެ ބޮޑީގާޑަކާއި ސެކްރެޓަރީއަށް ބޮޑެތި އަނިޔާތައް ލިބުނެވެ.
އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. އަދި އެ ހުކުމް މި ސަރުކާރު އައިފަހުން ވަނީ ބާތިލް ކޮށްފަ އެވެ. އަދި އެ މައްސަލާގައި ހިމެނުނު ގިނަ ފަރާތްތައް މިހާރު ވަނީ މިނިވަންވެފައެވެ.
އެހާދިސާ ތަހުގީގު ކުރަން ރާއްޖެއިން ބޭރުން ގެނައި ޓީމުގެ ހޯދުންތަކުގައި އެ ލޯންޗްކޮޅުގައި ގޮވި ގޮވުމަކީ ނުރައްކާތެރި ބޮމެއް ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ހޯދިފައެއް ނެތެވެ. އަދި ފަހުން ރައީސް އޮފީހުގެ ތަރުޖަމާން މުޢާޒް ހާމަ ކުރެއްވި މައުލޫމާތަށް ބަލާއިރު އެ ހާދިސާއާއި ގުޅިގެން އާންމުކުރި ވިޑިއޯއިން ފެންނަނީ ވެސް ހަގީގަތެއް ނޫނެވެ. އޭނާ ވެސް ވިދާޅުވެފައި ވަނީ އެލޯންޗް ކޮޅުގައި އެފަދަ ނުރައްކާތެރި އެއްޗެއް ނުގޮވާ ކަމަށެވެ. ނަމަވެސް މިހާދިސާގައި އަނިޔާ ލިބިވަޑައިގެން މެޑަމް ފާތުން ގިނަ ދުވަސް ތަކެއް ވަންދެން ހޮސްޕިޓަލުގައި އޮންނެވިއެވެ. ނަމަވެސް އެކަމަނާއަށް ލިބިވަޑައިގެންނެވި ގެއްލުމާބެހޭ މައުލޫމާތެއް އެކަމަނާއަށް ފަރުވާދިން ޑޮކްޓަރުން ހާމަކުރަށްވާފައެއް ނުވެއެވެ. އަދި އެފަދަ ފޮޓޯއެއްވެސް އާންމުކޮށްފައެއް ނުވެއެވެ.
އެލޯންޗުކޮޅުގައި އެއްޗެއް ގޮވިއެވެ. އެއަޑުފަށްގަނޑު ވިޑިއޯތަކުންނާއި އެވަގުތު އެތަނުގައި ތިބި ފަރާތްތަކަށް އިވުނެވެ. މެޑަމް ފާތުން ލޯންޗްކޮޅުތެރެއަށް ވެއްޓިވަޑައިގެންފައި އޮއްވާ ލޯންޗްކޮޅުން ބޭލީ އަތްދަނޑިމަތީގައެވެ. އަދި ލޯންޗްކޮޅުގެ ދޮރުކޮޅު ނެއްޓޭ މަންޒަރުވެސް ވިޑިއޯ ފުޓޭޖުތަކުން ފެނެއެވެ. ނަމަވެސް މިހާދިސާގައި ރައީސް ޔާމީނަކަށް އެއްވެސް އަނިޔާއެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު