ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ހަރުކަށިފިކުރު ފެތުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ މީހެއް މާލެއިން ހައްޔަރު ކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ހަރުކަށިފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ އެމީހާއަކީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެހެންނަމަވެސް މިމީހާ ހައްޔަރުކުރީ ކޮންއިރަކު ކަމާއި އަދި ހައްޔަރު ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔަގޮތުގެ ތަފްސީލް ފުލުހުން ދީފައެއް ނުވެއެވެ.



ހަރުކަށި ފިކުރު ފަތުރާކަމަށް ތުހުމަތުކުރާ އިސްމީހަކު މާލެއިން ހައްޔަރުކޮށްފައިވާއިރު އައްޑޫ ސިޓީގައި ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ. އަދި އައްޑޫ ސިޓީގައި ފުލުހުންނާ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި 7 މީހުންގެ ތެރެއިން ތިން މީހަކަށް ވަނީ 15 ދުވަސް ޖަހާފައެވެ. އަދި އަނެއް ހަތަރު މީހުންނަށް 7 ދުވަސް ވަނީ ޖަހާފައެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު ސަލާމަތީ ބާރުތަކުގެ އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަލަމާތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


4

ތިމަންނަ

19-May-2021

އެމީހާގެ "ފިކުރު" ކަޑޫދޫ މިރުހެއް ލާފަ ހިފާ އަބުރާލާ



ޓްރެންޑިން