ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
ރާއްޖޭގައި ކޯވިޑް މެނޭޖް ނުކުރެވި، ޙާލަތު ނުރައްކާވަމުން އަންނާތީ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު މިއަދު ހުށައެޅުއްވި މައްސަލާގައިވަނީ، ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އިތުރަށް ބަލި ފެތުރެމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް އަދި އީޖާބީ މަސައްކަތްތައް ހަލުއި ކުުރުމަށް ސަރުކާރަށް ގޮވާލާ ފައެވެ.

އޭގެ އިތުރުން އަތޮޅުތަކުން ނަގާ ސާމްޕަލްތަކުގެ ނަތީޖާ ލިބުމުގައި ހުރި ލަސްކަމާއި، އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވެ ގިނަ ބަޔަކަށް ފަރުވާ ނުދެވި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް މައްސަލާގައި ފާހަގަކޮށްފައިވެއެވެ. އަދި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުލިބިގެން އެތައް ހާސް ބަޔަކު ވެކްސިން ނުޖެހިފައި ތިބި ކަމަށް ވެސް ވިދާޅުވި އެވެ.

އާދަމް ޝަރީފްގެ މައްސަލާގައި ވަނީ، ކޮވިޑް ޖެހިފައިވާ ބަލި މީހުންނަށް ފަރުވާ ދޭން އިތުރު ވަސީލަތްތަކާއި، އިންސާނީ ވަސީލަތްތައް ގާއިމްކޮށް މަސައްކަތް ހަަލުވިކުރުމަށް ގޮވާލާފައެވެ.

މި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެމްބަރުން ނެވެ. އަދި ނުފެންނަ ކަމަށް 18 މެމްބަރަކު ވޯޓު ދެއްވި އެވެ. އެއާއެކު ބަހުސްކުރުމަށް ފުރުސަތު ނުލިބި މި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

މަޑި

19-May-2021

މިހާލަތުގަ ކޮވިޑް ފަތުރަން މުޒަހިރާތަކާއި ކުރެވެން އޮތް ކަމެއް ކޮށްފަ ކޮންޓްރޯލް ނުވާ ހިިސަބަށް ދިޔައިމަ ދެން ރައްޔިތުނަށް ޑްރާމާދައްކަން އުޅޭބައެއް ތީ



ޓްރެންޑިން