ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރުވަނަ މީހާ, ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރުވަނަ މީހާ, ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި 4 ވަނަ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކްވަމުން ފުލުހުން ވިދާޅުވީ، މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި 4 ވަނަ މީހަކީ ރޭގެ ވަގުތެއްގައި ދަރަވަންދޫއިން ހައްޔަރުކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހުކަމަށެވެ.

ނަމަވެސް އޭނާއާ މިމައްސަލައާ އޮތީ ކިހާވަރެއްގެ ގުޅުމެއްކަމަށް ފުލުހުން ވިދާޅެއްނުވެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅޭ ވަކިވަކި ފަރާތްތަކާ ގުޅޭ މައުލޫމާތު ފަހުން ހިއްސާކުރައްވާނެކަމަށެވެ.

ފުލުހުން މިއަދު ބުނީ މިއަހަރުގެ މެއި 06 ވަނަ ދުވަހުގެ ރޭ މާލެ، ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރޭ ބ. ދަރަވަންދޫ އިން ހައްޔަރުކުރި، ލ. ގަން، ދުންފިނިއުފާ، އަޙްމަދު ފާތިޙް (23އ) ގެ ބަންދަށް 15 ދުވަސް ކޯޓުން މިއަދު ދީފައިވާ ކަމަށެވެ.

މިހަމަލާއާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ފުލުހުން ވިދާޅުވީ މިހަމަލާ އަށް ފަންޑުކުރި މީހުންނާއި، އެހީތެރިވި މީހުންނާއި، އަމަލީގޮތުން ބައިވެރިވި މީހުންނަކީ ތަހުގީގުން ހާމަވާނޭކަންކަން ކަމަށެވެ. ނަމަވެސް މިތަފްސީލްތައް މިވަގުތު ހާމަކޮށްފިނަމަ، ތަހުގީގަށް ހުރަސް އެޅޭނެތީ، ބައެއް މައުލޫމާތުތައް މިވަގުތު ހާމައެއް ނުކުރާނެކަމަށެވެ. އަދި ބޮން ގޮއްވާލި ސައިކަލު ބެހެއްޓި ވަގުތާއި، އޭގެ ތަފްސީލް ލިބިފައިވިނަމަވެސް އެކަމުގެ މައުލޫމާތު މިވަގުތު ހިއްސާކުރެވޭކަށް ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ޕްރެސް ކޮންފަރެންސް ހިނގަމުންދާ ވަގުތުވެސް މިކަމާއި ގުޅޭ އޮޕަރޭޝަނެއް ކުރިއަށްދާކަމަށެވެ. ނަމަވެސް އޮޕަރޭޝަންއާ ގުޅޭ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ތަހުގީގުގެ އެންމެ އަޑިއަށް ދިއުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެއްވެސްް ފަަރާތަކާއި ސުވާލުކޮށް، ތަހުގީގުކުރަކަށް ފުލުހުން ފަހަތަށް ނުޖެހޭނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން