ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދުމަށް އޭޑީކޭ ގައި އެޑްމިޓް ކޮށްފައިވަނިކޮށް އޭޑީކޭ ފާހާނާތެރެއިން ފިސްތޯލައެއް ފެނުނު މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން އިތުރު މަޢުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޑީކޭގެ ފާޚާނާ ތެރެއިން ފިސްތޯލައެއް ފެނިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާތީ އެކަން ނޫސްވެރިޔަކު ވަނީ ފާހަގަ ކޮށްފައެވެ. އެކަމާ ގުޅިގެން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ މިއަދު ނޫސް ކޮންފަރެންސަށް ވަޑައިގެންނެވިއިރު އެ މައްސަލައާ ގުޅޭ މައުލޫމާތެއް ގެންނެވިފައިނުވާ ކަމަށެވެ. އަދި ފުލުހުންގެ މީޑިޔާ ޑިޕާޓުމެންޓު މެދުވެރިކުރައްވައި އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީ އެއް ގޮއްވާލައިގެން އަވަހާރަކޮށްލަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ފިސްތޯލައެއް ބޭނުންކޮށްގެން އަވަހާރަކޮށްލަން އުޅުނުކަން ފުލުހުން އިސްވެ މީގެކުރިން ހާމަކޮށްފައެއް ނުވެއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި މައްސަލައާއި ގުޅުން ހުރި އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން އައްޑޫ ސިޓީން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި އަމިއްލައަށް ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން ހުރި ފަރާތްތައް ހިމެނޭކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ޙަމަލާއަށްފަހު، ލިބިފައިވާ ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް މިވަގުތު ރައީސް ނަޝީދު ހުންނެވީ ޖަރުމަނު ވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު