ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ
ގެވެށި އަނިޔާގެ ތުޙްމަތުތަކަށް އިންކާރުކުރަށްވައި، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުޤައްރިރުކަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ އިސްތިއުފާ ދެއްވައިފި އެވެ.

އީސަ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގުކުރެވެމުންދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ދިނުމަށްޓަކައި، މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުޤައްރިރުކަމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަދި ޚާއްޞަކޮށް ކެނދިކުޅުދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށާއި، ދިވެހި ފުލުހުންނާމެދު އޭނާގެ އިތުބާރު އޮތް ކަމަށްވެސް އީސަ ވަނީ ވިދާޅުވެފައެވެ.



ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ ޢާއްމުންވެސް ދަނީ ގޮވާލަމުންނެވެ. އެ މައްސަލާގައި ޕީޖީން މިހާރުވަނީ އީސަ ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ކޯޓުގައި އެދިފައެވެ.

އީސަ އޭނާގެ ދަރިފުޅުގެ ކުރިމަތީގައި ކުރީގެ އަނބިމީހާ އަސްރާއަށް އަނިޔާކުރުމުން އޭނާވަނީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުން ފަރުވާ ހޯދާފައެވެ. އަސްރާ ވަނީ މިކަމާ ގުޅިގެން ފުލުހުންނަށް ބަޔާންވެސް ދީފައެވެ. އަދި މިއީ ދުވަހަކުވެސް ތަޖުރިބާކުރަން ޖެހޭނެ ކަމެއްކަމަށް ހީވެސް ނުކުރާކަމަށް އަސްރާ ވަނީ ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން