މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު)
މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު)
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ، އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރުކަމުން ވަކި ކުރުމަށް މިއަދު ބޭއްވުމަށް މަސައްކަތްކުރި ކޮމިޓީ ބައްދަލުވުމަށް އެއްބާރުލުން ނުދެއްވި މެންބަރުން ހެއްދެވީ ގޯހެއް ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ ޢާއްމުންވެސް ދަނީ ގޮވާލަމުންނެވެ. އެ މައްސަލާގައި ޕީޖީން މިހާރުވަނީ އީސަ ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ކޯޓުގައި އެދިފައެވެ.

އީސައަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމަށް އެމްޑީޕީގެ ބައެއް މެންބަރުން ޙާޟިރު ވެފައި ނުވާތީ މެންބަރު ބޯދިގު ވިދާޅުވީ މެމްބަރުން ހެއްދެވީ ގޯހެއް ކަމަށާއި، މިއީ މެންބަރު އީސަ އަމިއްލައަށް ކޮމިޓީން އިސްތިއުފާ ދެއްވަންދެން ބަލަން ތިބެންޖެހޭވަރުގެ ތުހުމަތެއް ނޫން ކަމަށެވެ. ގެވެށި އަނިޔާގެ މައްސަލާގައި ހޫނުފެނަށް ވެއްޓި އީސަ މިހާރު ވަނީ ކޮމިޓީގެ މުޤައްރިރު ކަމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.



އިޖުތިމާއީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވީ ނާއިބު މުގައްރިރު އަދި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނެވެ. އޭނާއާއެކު ކޮމެޓީގައި ދެން ބައިވެރިވެވަޑައިގެންނެވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއާއި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި މައްޗަށްގޯޅި އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ނުވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއާއި، ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދެވެ. އަދި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އޮންލައިންކޮށް ބައްދަލުވުމުގައި ބައިވެެރިވެވަޑައިގެންނެވުމަށްފަހު ޓެކްނިކަލް މައްސަލައަަކާ ގުޅިގެން ފަހުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން ވޯޓިންގ ކޯރަމް ހަމަނުވާތީ މިއަދުގެ ބައްދަލުވުން ކުރިއަށް ނުގެންގޮސް ވަނީ ނިންމާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޢޒ

28-May-2021

ޙުސް ފޭކު



ޓްރެންޑިން