ބިއްލޫރިޖެހިގޭގައި ހެދި ޕާކިން ޒޯން
ބިއްލޫރިޖެހިގޭގައި ހެދި ޕާކިން ޒޯން
ނީލޯފަރު ހިނގުމުގައި ސައިކަލްތަކަށް ޕާކް ނުކުރެވޭ ގޮތް ހަދަައި، އެ ތަނުގެ ބަދަލުގައި ބިއްލޫރިޖެހިގޭގައި ހެދި ޕާކިން ޒޯން ބޭނުންކުރަން މިއަދު ފަށައިފި އެވެ.

މި ޕާކިން ޒޯން ހުޅުވުމާ އެކު، ނީލޯފަރު ހިނގުމުގެ އިތުރުން، މަޖީދީ މަގުގެ ސިީކްރެޓް ރެސިޕީއިން ފެށިގެން އަލިކިލޭގެފާނުމަގާ ހަމައަށް ވެހިކަލް ޕާކެއް ނުކުރެވޭނެ އެވެ. ނީލޯފަރު ހިނގުމަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާރު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެ ހުންނަ މަގެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާރު ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅު ކަމުގައިވާ ގ. ކެނަރީގެ ހުންނަ ނީލޯފަރު މަގަކީ ހަނި ގޯޅިއަކަށް ވުމާއި، އެ ގޯޅީގެ އެއްފަރާތުގައި ސައިކަލް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެ މަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދަތިވާކަމަށް ޑިފެންސް މިނިސްޓްރީން ވަނީ މާލޭ ސިޓީ ކައުންސިލަށް އަންގާފައެވެ.

އަދި ނީލޯފަރު މަގަކީ ވެހިކަލް ޕާކު ނުކުރެވޭ މަގަކަށް ބަދަލުކުރުމަށްޓަކައި އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ޕާކުކުރުމަށް ޖާގައެއް ހަމަޖައްސައި ދިނުމަށް މާލޭ ސިޓީ ކައުންސިލްގެ ސިޓީއަކުން ޕްލޭނިން މިނިސްޓްރީގައި އެދިފައިވެއެވެ. ޕްލޭނިން މިނިސްޓްރީން އެތަނުގައި ޕާކިންޒޯން ހެދުމުގެ ހުއްދަ ދިނުމުން ސިޓީކައުންސިލުން މިހާރުމިވަނީ އެތަނުގައި ޕާކިންޒޯން ހަދައި ޕާކް ކުރުމަށް ހުޅުވާލާފައެވެ.

މާލޭގެ ނީލޯފަރުމަގުގައި މިމަހުގެ 6 ވަނަ ދުވަހުގެރޭ 8:27 ހާއިރު ބާރުގަދަ އެއްޗެއް ގޮއްވާލައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އިތުރު ފަރުވާހޯއްދެވުމަށް އެމަނިކުފާނު މިހާރު ވަޑައިގެންވީ ޖަރުމަނުވިލާތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން