ސަލާމަތީ ޚިދުމަތްތަކުން ކުރިއަށް ގެންދާ އޮޕަރޭޝަނެއްގެ ތެރެއިން
ސަލާމަތީ ޚިދުމަތްތަކުން ކުރިއަށް ގެންދާ އޮޕަރޭޝަނެއްގެ ތެރެއިން
ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި އެކަކު ދޫކޮށްލައިފި ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ހަރުކަށި ފިކުރުގެ 14 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އައްޑޫން ހައްޔަރުކުރި އެކަކުގެ މުއްދަތު އިތުރުނުކުރެވި ދޫކޮށްލާފައިވާ ކަމަށާއި، ޤާނޫނު އޮތްގޮތުން އިތުރު މީހުން ދޫވުމުގެ ފުރުސަތުވެސް މިހާރު އޮތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމްގެ ތުހުމަތުގެ މީހުން ޖަލުތަކުގައި ބަންދު ކުރުމަށް ގާނޫނީ ހުރަސްތަކެއް އެބަހުރި ކަމަށާއި، އެކަންކަމަށް ޙައްލެއް ބޭނުންވާ ކަމަށެވެ.

މީގެ ކުރިން ފުލުހުން ވަނީ، ހަރުކަށި ފިކުރު ފަތުރާކަމަށް ތުހުމަތުކުރާ އިސްމީހަކު މާލެއިން ހައްޔަރުކޮށްފައެވެ. އަދި ހުޅުމާލެއިންނާއި، ބ. ދަރަވަންދޫގައި އޮޕަރޭޝަނެއް ހިންގައި އެރަށްރަށުންވެސް ދެ މީހަކު ހައްޔަރު ކޮށްފައިވެއެވެ. މީގެއިތުރުން އައްޑޫ ސިޓީގައި ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތުވެސް ކޯޓުންވަނީ އިތުރުކޮށްދީފައެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު ސަލާމަތީ ބާރުތަކުގެ އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަލަމާތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. ރައީސް ނަޝީދަށް ޙަމަލާދިން މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 4 މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން