ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ގެއަށް 19 މިލިއަން ރުފިޔާ ބަލާދިޔަ މީހުން 2024 ގައި އެނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މަޖިލީހުން ޢާއްމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރުން ހިމެނޭއިރު އޭގެ ތެރޭގައި އެމްޑީޕީ މެމްބަރުންނާއި ޕީޕީއެމް/ ޕީއެންސީ މެންބަރުން އަދި ޖުމްހުރީ ޕާޓީގެ މެންބަރުން ހިމެނެއެވެ.
ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެންބަރު އާދަމް ޝަރީފް ވިދާޅުވީ، 2024 ގައި އެމްއެމްޕީއާރްސީގެ ދެވަނަ ލިސްޓެއް ނުކުންނާނެ ކަމަށާއި، ކޯވިޑް-19ގެ މި ދުވަސްވަރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށްބުނެ ލިސްޓެއް ނެރުނީ ކޮވިޑްގެ ޚިޔާނާތުގެ މައްސަލަތައް ފޮރުވުމަށްޓަކައި ކަމަށެވެ.
"އެ ލިސްޓުގައި 19 މިލިއަން ރުފިޔާ އަހުމަދު އަދީބުގެ ގެއިން ބަލާދިޔަ ފަރާތާ، އެތަނުގައި ތިބި އޭރުގެ ސަރުކާރުގެ ދެ ވަޒީރުންނާއި މަޖިލިސް މެމްބަރުންވެސް ތިއްބަވާނެ. އެބޭފުޅުން އަދި މިވާހަކަ ދައްކަވާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ނިންމާފައިވަނީ، އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކުރާއިރު، އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށް ފެންނަކަމަށާއި، އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަޤާމުތަކުގެ ތެރެއިން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ހުރި މަޤާމަކުން ވަކިކުރުމަށް ފެންނަކަމަށެވެ.
އަދި އިންތިޚާބީ މަޤާމުތަކުގައި ތިބި ފަރާތްތައް މަޤާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަޤާމުން އިސްތިއުފާދިނުމުން ނުވަތަ ޝަރުޢީ ޙުކުމަކުންކަމަށްވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ފެންނަކަމަށްވެސް މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު