ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
ފިޝަރީޒް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ޑރ. ހުސެއިން ރަޝީދު ހަސަނަށް ރުހުން ދިނުން މަޑުޖައްސާލުމަށް ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ޑރ. ޙުސައިންގެ ނަމުގައި ކުންފުންޏެއްގެ ހިއްސާ އޮތް މައްސަލައިގައި މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދުމުންނެވެ. ކޮމިޓީން މިއަދު ނިންމާފައިވަނީ އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލާއި ރައީސް އޮފީހުގެ ބަހެއް ހޯދުމަށެވެ.

ޑރ. ޙުސައިން ފިޝަރީޒް މިނިސްޓަރ ކަމަށް އައްޔަނުކޮށްފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ޒަހާ ވަޙީދު މަޤާމުން އިސްތިޢުފާ ދެއްވުމުންނެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ކެބިނެޓް މިނިސްޓަރުންނަށް އަމިއްލަ ވިޔަފާރިއެއް ނުކުރެވޭނެއެވެ. މީގެ ކުރިން މިފަދަ މައްސަލައެއް ދިމާވެ ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމްވެސް ވަނީ ދެފަހަރަށް ހުވާ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން