ރައީސް ނަޝީދުގެ ޢާއިލީގެކޮޅު، ގ. ކެނެރީގެ
ރައީސް ނަޝީދުގެ ޢާއިލީގެކޮޅު، ގ. ކެނެރީގެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ މުޅި ޢާއިލާގެ ރައްކާތެރިކަން ގެއްލިއްޖެ ކަމަށާއި، އެހެންކަމުން އެ މައްސަލަ ބަލާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާ އަކުން އެމްއެންޑީއެފްގެ އިސްފަރާތަކާ ޙަވާލާދީ އިއްޔެ ބުނެފައިވަނީ، ގ. ކެނެރީގޭގައި ދިރިއުޅުއްވާނަމަ ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުމަކީ ދަތިކަމެއް ކަމަށެވެ. އެގޮތުން އެގެއަކީ ވަރަށް އާދައިގެ ގޮތަކަށް ހުރި ގެއަކަށް ވުމުން އެކަން ކުރުމަށް ދަތިވާ ކަމަށާއި، އެ ގެ ހުރި ނީލޯފަރުހިނގުމުގައިވެސް މައްސަލަތަކެއް ހުރި ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ތެރޭގައި ލިބިފަައިވާ މައުލޫމާތާއި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތުތަކެއް ހިމެނޭ ރިޕޯޓެއް އޮންލައިން ނޫހަކުން ޝާއިއުކޮށްފައިވާ ކަމަށާއި އެކަމާއި ގުޅިގެން ރައީސް ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަން އަދި ގ. ކެނެރީގޭގައި ދިރިއުޅޭ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

ކޮމެޓީގެ ބަޔާނުގައި ބުނެފައިވަނީ އެފަދަ މައުލޫމާތަކީ އާންމުކޮށް ރާއްޖޭގެ ގައުމީ ސަލާމަތާއި އަމަންއަމާންކަން ރައްކާތެރިކުރުމުގެ ގޮތުން މަައުލޫމާތު އެއްކުރުމުގެ ބާރާއި އިހުތިޔާރު ލިބިފައިވާ ބައެއްގެ ތެރެއިން އެކަމަށް ހާއްސަކޮށްފައިވާ ބަޔަކު އެެއްކުރާ މައުލޫމާތުތަކެއް ކަަމަށެވެ. އަދި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެ ނޫން އެއްވެސް ފަރާތްތަކަށް ހިއްސާ ކުރުމަކީ މަނާ ކަމެއްކަމާއި އެއީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކަމަށް އެ ބަޔާނުގައި ވެއެވެ.



ރައްޔިތުންގެ މަޖިލީހުގެ ބަޔާނުގައި ވަނީ، މި މައްސަލައަކީ ގައުމީ ސަލާމަތާއި ގުޅުންހުރި މައްސަލައެއް ކަމަށާ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން 241 ކޮމެޓީގެ ދުސްތޫރީ ޒިންމާއަކަަށްވާތީ މި މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން