ސިފައިންގެ އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފި އެވެ.
މިމަހުގެ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތުގެ ތަހުޤީޤު ކުރިއަށްދާ މިދަނޑިވަޅުގައި ސިފައިންގެ އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފައި ވާކަން އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައެވެ.
އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް މިހާރު ހަމަޖައްސަވާފައި ވަނީ ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާ އެވެ. އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް ހަމަޖައްސަވާފައިވަނީ މޭޖާ މޫސާ ރަމީޒެވެ. އެސްޕީޖީ އަކީ ސިފައިންގެ ތެރޭގައި އޮންނަ ހަށިފާރަވެރިންގެ ޔުނިޓެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްގެ އޮޑިޓެއް ހަދަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އަމުރު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު