ޖޭއެސްސީގެ ބައެއް މެންބަރުން
ޖޭއެސްސީގެ ބައެއް މެންބަރުން
ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ ތަހުގީގު ކޮށްފައިވާނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި އެމްއެމްޕީއާރުސީ ހިޔާނާތުގެ 7 ދައުވާއެއް ކޯޓުން ބޭރުކޮށްލުމުން ގާޒީ އިސްމާޢީލް ރަޝީދު ސަސްޕެންޑު ވެސް ކުރިއެވެ. އަދި ޖޭއެސްސީން އެ މައްސަލައިގެ ތަހުގީގެއް ފަށާފައިވަނީ އޭގެ ފަހުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރަން އެ ކޮމިޝަނުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި ތަހުގީގު ކުރަނީ ކޮން މައްސަލައެއްކަން ބަޔާންކޮށް އިސްމާއިލް ރަޝީދަށް ސިޓީ ފޮނުވާފައިވާނެ ކަމަށާއި މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އޭނާ ޖޭއެސްސީއަށް ހާޒިރުކޮށް އޭނާގެ ވަކީލުގެ ޙާޟިރުގައި ތަހުގީގަށް ބަޔާން ނަގާފައިވާ ކަމަށެވެ.

މީގެ އިތުރުން އިސްމާއިލް ރަޝީދުގެ ތަހުގީގު ނިންމައި ތަހުގީގު ރިޕޯޓު އާންމުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކަމަށާއި ތަހުގީގު ރިޕޯޓަށް ލިޔުމުން ޖަވާބު ދިނުމުގެ ފުރުސަތު ދީފައިވާ ކަމަށް ސިޓީއަކުން ހަމަ އެ ދުވަހު އޭނާއަށް އަންގާފައިވާނެ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ. ނަމަވެސް ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތު ހަމަވިއިރުވެސް އެ ފުރުސަތު އޭނާ ހިފައިފައި ނުވާކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، ގާޒީ އިސްމާއިލްގެ މައްސަލައިގެ "ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓް" ތަހުގީގު ކޮމިޓީން އެކުލަވާލައިފައިވަނީ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށްފަހު ކަމަށާއި އެ މައްސަލަ ތަހުގީގުކުރުމުގައި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް އިޖުރާއަތަކާ ހިލާފުވެފައި ނުވާނެ ކަމަށެވެ.

ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނިކޮށް އޭނާ ވަނީ ގާޒީ ކަމުން އިސްތިއުފާ ދީފައެވެ.

ކުރީގެ ނާއިބް ރައީސް އަދީބުގެ މައްސަލަތަކެއް ކޯޓުން އޭނާ ބޭރުކޮށްލިއިރު އެކަން ސާބިތު ކުރުމަށް ޕެންޑްރައިވެއްގައި ކުރިން ލިޔެފައިވާ މައްސަލައިގެ ހުކުމެއް އޮތް ކަމަށް ބުނެފައިވާތީ ވެސް އޭނާވަނީ އެތުހުމަތު ދޮގު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން