ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެމްޕީއެލްގެ ބައިވެރިވުމާއެކު ހިންގާ މި ޕްރޮގްރާމަކީ އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ކުރިއަށްދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ފިޔަވައްސެއް ކަމަށެވެ.
އެގޮތުން ވާކް ވިސާ ނެތް ބިދޭސީންނާއި، ކޯވިޑް-19އާއި ގުޅިގެން ކަނޑަޅާފައިވާ ކާފިއު ވަގުތުގައި ޤަވާއިދާ ޚިލާފަށް މަގުމަތީގައި އުޅޭ ބިދޭސީން ހުޅުމާލެ ފޭސް-2 ގައި ޤާއިމްކޮށްފައިވާ ޑިޓެންޝަން ސެންޓަރަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ ބިދޭސީން ގަވައިދުގެ ތެރެއަށް ވަނުމަށް ރަޖިސްޓްރީވާން މީގެ ކުރިން ހުޅުވާލި މުއްދަތުގައި ރަޖިސްޓްރީ ނުވެ ހުރި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިފަހަރު ގެންދެވިއްޖެނަމަ އެމީހަކު ޑީޕޯޓް ކުރާނެއެވެ. ނަމަވެސް އެމީހަކީ ގާނޫނާއި ގަވައިދުގެ ތެރެއިން ރާއްޖޭގައި އުޅޭ މީހެއް ނަމަ އެ މީހަކަށް ވަޒީފާ ދީފައިވާ ފަރާތާ ހަވާލު ކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު