ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި 5 މީހުން ދޫކޮށްލައިފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންގައި ހައްޔަރުކުރި 8 މީހުންގެ ތެރެއިން 5 މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން އެ ފަސް މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އެހެންނަމަވެސް އެމީހުން ދޫކޮށްލި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އެމީހުން ކޯޓުން ދޫކޮށްލި ނަމަވެސް އެމީހުންނަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށެވެ. މީގެ ކުރިންވެސް އައްޑޫން ހައްޔަރުކުރި އެކަކު ބަންދުން ދޫކޮށްލާފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމްގެ ތުހުމަތުގެ މީހުން ޖަލުތަކުގައި ބަންދު ކުރުމަށް ގާނޫނީ ހުރަސްތަކެއް އެބަހުރި ކަމަށާއި، އެކަންކަމަށް ޙައްލެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަންކަން އޮޅުން ފިލުވުމަށް ބަންޑާރަނާއިބު މަޖިލީހަށް ޙާޟިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ މަޖިލީހުގައި އެދިވަޑައިގެންފައެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު ސަލާމަތީ ބާރުތަކުގެ އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަލަމާތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. ރައީސް ނަޝީދަށް ޙަމަލާދިން މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 4 މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

އަބްދޫ

04-Jun-2021

ހެއްކެތް ނެތް ކުރިކަމެއްނެތް ފިކުރު އެއީ ފެންނަ އެއްޗެއްނޫން. ދެންހަދާނީ ކިހިނެތް. ފިކުރު އެގޭ މީހެއްނޫންއޭޖި އަކީ އޭޖީ ދަންނަނީ ބަދަލުދޭންވާމީހުނަށަށް ސަރީއަތުން އެ ލިބޭނެގޮތަށް ރާވާ ހިންގަން. އޭޖީ ދަންނަ އެހެން ކަމެއްނެތް.



ޓްރެންޑިން