16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަލަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ މުއައްސަސާއަށް ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް އެ މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރިކަންވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުންނަށް ހުށައެޅި، އަންހެން ކުއްޖަކަށް ބިރުދެއްކުމާއި ބްލެކް މެއިލް ކުރުމުގެ މައްސަލައެއްވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނީ މިއަދުއެވެ. ފުލުހުން އެމައްސަލަ ބަލަމުންދާ ކަމަށް ބުނީ މިއަމަލު ހިންގަމުން ގެންދާ މީހާ އެކަން ހުއްޓާނުލާ ތަކުރާރުކޮށް އެކަންކޮށް ބިރުދައްކައި ބްލެކްމެއިލްކޮށް އެކުއްޖާގެ ފޮޓޯތައް މީސް މީހުންނާ ހިއްސާކޮށް ހަދަމުން ދިޔައިރުވެސް އެކަން ފުލުހުންނަށް ނުހުއްޓުވުމުން އާއިލާއިން ގޮތްހުސްވެ މީސް މީޑިއާގައި އެކަން ހިއްސާ ކުރުމުންނެވެ. އެކަމަކު ފުލުހުން ބުނީ އަންހެން ކުއްޖާއަށް ރައްކާތެރިކަން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު