އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މިސަރުކާރުގެ ވެރިންނާ ދެކޮޅަށް ބޭނުންކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މިއަދު ލީކުވެފައިވާ ޑރ. ޝައިނީގެ އަޑު ކަމަށް ބެލެވޭ އޯޑިއޯ އެއްގައި ޝައިނީ ވިދާޅުވެފައިވަނީ، އޭނާއާ ނުކުޅުމަށް ސިޔާސީ އެންމެންނަށް އަންގަވާފައިވާނެ ކަމަށެވެ. އަދި ބައެއް އޯޑިއޯތައް އޭނާ އަތްޕުޅުގައި ހުރުމުން އެމެރިކާއަށް ވަޑައިގެން އެ ސާމާނު ރައްކާ ކުރަށްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން ކަމަކާނުލައި އޭނާއާއި ބެހެފިނަމަ އެ ހުރިހާ އެއްޗެއް ނޫސްތަކަށް ދާނެ ކަމަށް ވިދާޅުވެ ޝައިނީ ވަނީ މިސަރުކާރުގެ ވެރިންނަށް އިންޒާރު ދެއްވާފައެވެ.
ޝައިނީ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ވެރިކަމަށް ވަޑައިގަނެވުނީ ޝައިނީ މެދުވެރިވެގެން ކުރި މަޝްވަރާތަކެއްގެ ތެރެއިން ކަމަށެވެ. އަދި އެކި ބައްދަލުވުންތަކުގައި ދެކެވުނު އެކި ވާހަކަތަކުގެ އޯޑިއޯތައް އޭނާގެ އަތްޕުޅުގައި އެބަހުރި ކަމަށާއި އޭނާއާ "ނުކުޅެވޭނެ" ކަމަށް ވެސް ޝައިނީ އެ އޯޑިއޯގައި ވިދާޅުވެއެވެ.
ރައީސް ޔާމީންގެ ވެރިކަން ނުވެއްޓި އޮތީ އޭނާގެ ސަބަބުންކަން ފާހަގަ ކުރަށްވައި ޝައިނީ ވިދާޅުވީ، ކެބިނެޓުގައި އޭނާ ބަހައްޓާފައި ހުރީ ބަހައްޓަން މަޖުބޫރުވެގެން ކަމަށެވެ. ބޭރު ދުނިޔޭގެ ލީޑަރުންނާ ރައީސް ޔާމީންގެ ގުޅުން ގޯސްވެފައިވާތީ އެ ހުރިހާ ގުޅުމެއް ހިފެހެއްޓެވީ އޭނާ ކަމަށް ޝައިނީ ވިދާޅުވިއެވެ.
"ބޭރުކޮށްލައިފިއްޔާ އެ ދާނެ ދޯ. ރައީސަކަށް ކެރެނީއެއް ނޫން ދާކަށް އެއިންތާކަށް." ޝައިނީ ވިދާޅުވެފައިވެއެވެ.
ރައީސް ޔާމިން ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީގެ އަޑު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައިވާ އޯޑިއޯ (މިއީ ކޮންފަރާތަކުން ކޮހިނެއް ލީކް ކޮށްލި އޯޑިއޯއެއް ކަމެއް ނޭނގޭ)
މި އޯޑިއޯގައި ޝައިނީ ވަނީ ކެބިނެޓުގައި ހުންނަވައިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށްވެސް އިއުތިރާފުވެ ވަޑައިގެންފައެވެ. އެގޮތުން ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައިވެސް "ސްޓިންގް އޮޕަރޭޝަން" ހިންގީ އޭނާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ހުކުމުގެ ފަހުންވެސް ސަރުކާރު ވައްޓާލަން ވަރަށް މަސައްކަތްކުރި ކަމަށާއި އެގޮތުން އެކަމަށް ޚަރަދުކުރި ބައެއް ފައިސާއާ ހަވާލުވީ އޭނާ ފޮނުވި ބަޔަކު ކަމަށްވެސް ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ ރައީސް ޔާމީނު އޭނާއަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާކަމަށާއި، ފްލެޓެއްވެސް ލިބޭނެގޮތް ތަނަވަސްކޮށް ނުދިން ކަމަށެވެ. ލާރިކޮޅެއް ދޭން ބުނުމުން އެއް ލައްކަ ރުފިޔާ ވެސް ނުދެވުނު ކަމަށާއި، އެހެންކަމުން ރައީސް ޔާމީނަށްޓަކައި މިއަދު އޭނާ ކޮށްދެންޖެހޭ ކަމެއް ނޯންނާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ މި އޯޑިއޯއަކީ ޝައިނީ ކޮންއިރަކު ކޮންތާކު، ކޮންބަޔަކާއެކު ދައްކަވާފައިވާ ވާހަކަ ތަކެއް ކަމެއް ނޭނގެއެވެ. ރައީސް ޔާމިންގެ ވެރިކަން ނިމުނު ފަހުން ޑރ. ޝައިނީގެ އެއްވެސް އަޑެއް މިހާތަނަށް އިވިފައެއް ނުވެއެވެ. އަދި އޭނާ އެއްވެސް ސިޔާސީ ހަރަކާތަކުން ވެސް ފެނިފައެއް ނުވެއެވެ. ޑރ. ޝައިނީ ވިދާޅުވި ފަދައިން އޭނާއަކީ ރައީސް ޔާމިންގެ ސަރުކާރުގައި ބައިނަލްއަޤްވާމީ ފަރާތްތަކާ އަދި އެކި ގައުމުތަކުގެ އިސް ބޭފުޅުންނާ ސަރުކާރުން ކުރާ ގިނަ މުއާމަލާތްތައް ކުރެއްވި ވަޒީރެވެ.

ކިޔުންތެރިންގެ ހިޔާލު