ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ހުށައަޅުއްވާފައިވާ އިސްލާޙަށް ތާޢީދު ނުކުރަށްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި މާމިގިލީ ދާއިރާގެ މެންބަރުކަންވެސް ކުރަށްވާ ޤާސިމް ވިދާޅުވެފައިވަނީ، މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާއި އެމަނިކުފާނު ދެކޮޅު ކަމަށެވެ.

އެ އިސްލާޙް ހިމެނޭ ބިލުގެ އެއްޞަފްޙާ އެ ގްރޫޕްގައި ހިއްސާކުރަށްވަމުން ޤާސިމް ވިދާޅުވެފައިވަނީ މިއީޤާނޫނަށް ގެންނަން ހެޔޮވާވަރު އިސްލާހެއް ނޫން ކަމަށެވެ.

"މިކަން މަޖިލީހުން ފާސްކުރިޔަ ނުދިނުމަށް އެޅެން އޮތް ހުރިހާ ބާރެއް ގާނޫނުގެ ތެރެއިން އަޅުއްވައިދެއްވުން ވަރަށް ބޮޑަށް އެދި ދަންނަވަން." ޤާސިމް ވިދާޅުވެފައިވެއެވެ.

ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއްކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި އެބިލުގައި ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.

އެގޮތުން އާންމުތަނުގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައިވަނީ އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން