ތިނަދޫގައި މިއަދު ހިނގި އެކްސިޑެންޓް
ތިނަދޫގައި މިއަދު ހިނގި އެކްސިޑެންޓް
ގދ. ތިނަދޫ ގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު ހަވީރު ހިނގި މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ގޯޅި އަޅަން އުޅުމުގެ ތެރޭގައި ކާރު ކޮންޓްރޯލް ނުވެ އެރަށު އުތުރު ފަރާތު ހިއްކި ސަރަހައްދުގެ ރިވެޓްމެންޓް ހިލަތައް މަތިން މޫދަށް ވެއްޓިގެންނެވެ. މި އެކްސިޑެންޓުގައި މޫދަށް ވެއްޓުނު ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ކެރޭނެެއްގެ އެހީގައި ކާރު ނެގުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި ބޮޑަށް އަނިޔާވެފައިވަނީ، ކާރު ދުއްވަން އިން މީހާއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން