ޖޭއެސްސީގެ ބައެއް މެންބަރުން
ޖޭއެސްސީގެ ބައެއް މެންބަރުން
ފެމެލީ ކޯޓުގެ ގާޒީ ޙުޒައިފާ މުހައްމަދުގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ފެބްރުއަރީ 18، 2021 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙުޤީގު ކުރުމަށް ނޯޓިސް ދީފައިވާ ފެމެލީ ކޯޓުގެ ގާޒީ ޙުޒައިފާގެ ސުލޫކީ މައްސަލަ ތަޙުޤީގުކޮށް އެމައްސަލަ ސާބިތުނުވާ ކަމަށް 30 މެއި 2021 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 43 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.



މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިއެވެ. ފެމިލީ ކޯޓުގެ މުވައްޒަފަކު ހުށަހެޅި އެ މައްސަލައިގައި ތުހުމަތުކޮށްފައިވަނީ މަގާމުގެ ބާރު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިނުމަށް ހުޒައިފާ މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް ޖޭއެސްސީން ފަހުން ވަނީ އެ މައްސަލަ ނުބަލަން ނިންމައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން