އެމްޕީއެލް "ހިޔާ" ގައި ތިބި ބިދޭސީން ކޮވިޑަށް ޓެސްޓް ކުރުމަށް އެޗްއާރުސީއެމް އިން އަންގައިފިއެވެ.
"އެމްޕީއެލް ހިޔާ" އަކީ ވާކް ވިސާ ނެތް ބިދޭސީންނާއި، ކޯވިޑް-19އާއި ގުޅިގެން ކަނޑަޅާފައިވާ ކާފިއު ވަގުތުގައި ޤަވާއިދާ ޚިލާފަށް މަގުމަތީގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލެވެންދެން ބޭތިއްބުމަށް ހާއްސަކޮށްފައިވާ މަރުކަޒެކެވެ. އެޗްއާރްސީއެމުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ އެ މަރުކަޒަށް ޒިޔާރަތްކޮށް ބިދޭސީންނަށް އަސާސީ ހައްގުތައް ފޯރުކޮށްދޭ މިންވަރު ބަލައިފައެވެ.
އެމްޕީއެލް ހިޔާއަށް ޒިޔާރަތް ކުރުމަށްފަހު އެޗްއާރުސީއެމް އިން ޢާއްމު ކޮށްފައިވާ ބަޔާނުގައި ވަނީ، އެމްޕީއެލް ހިޔާއަށް ގެންދާ ބިދޭސީން ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ލިބުމާ ހަމައަށް އެޗްޕީއޭއިން ކަނޑައަޅާ މިންގަނޑާ އެއްގޮތަށް ބައިތިއްބަން އަންގާފައެވެ.
އޭގެ އިތުރުން އެމްޕީއެލް ހިޔާއަށް ގެންދެވޭ ބިދޭސީ މަސައްކަތްތެރީން ލަސްވެގެން 24 ގަޑިއިރު ތެރޭގައި ޑޮކްޓަރަށް ދައްކައި ސިއްހީ ގޮތުން ކޮންމެހެން ދޭން ޖެހޭ ފަރުވާއެއް ހުރިކަން ނުވަތަ ނޫންކަން ކަށަވަރުކުރުމާއި އަދި ދާއިމީ ބައްޔަކަށް ބޭސްކުރާ ފަރާތެއް ވާނަމަ ކާން ޖެހޭ ބޭސް މެދުނުކުނޑޭގޮތަށް ލިބޭކަން ކަށަވަރުކުރުމަށްވެސް އެޗްއާރުސީއެމުން ވަނީ އަންގާފައެވެ.
ހަމައެއާއެކު ހިޔާގައި ތިބި ބިދޭސީންނަށް އެމީހުން އެތަނަށް ގެންދިޔަ ސަބަބާއި އެތަނުގައި ބައިތިއްބާނެ މުއްދަތުގެ އިތުރުން އެމީހުންނަށް އަންނައުނު ފޯރުކޮށްދޭން އެޗްއާރުސީއެމް ވަނީ އަންގައިފައެވެ.
ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވާ ބިދޭސީން ޑީޕޯޓް ކުރުމަށް ފަށާފައިވާ މަސައްކަތާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ ބިދޭސީން ގަވައިދުގެ ތެރެއަށް ވަނުމަށް ރަޖިސްޓްރީވާން މީގެ ކުރިން ހުޅުވާލި މުއްދަތުގައި ރަޖިސްޓްރީ ނުވެ ހުރި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިފަހަރު ގެންދެވިއްޖެނަމަ އެމީހަކު ޑީޕޯޓް ކުރާނެކަމަށެވެ. ނަމަވެސް އެމީހަކީ ގާނޫނާއި ގަވައިދުގެ ތެރެއިން ރާއްޖޭގައި އުޅޭ މީހެއް ނަމަ އެ މީހަކަށް ވަޒީފާ ދީފައިވާ ފަރާތާ ހަވާލު ކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު