ޖޭއެސްސީގެ ބައެއް މެންބަރުން
ޖޭއެސްސީގެ ބައެއް މެންބަރުން
ސިވިލްކޯޓުގެ އިސްޤާޟީގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީން މިރޭ ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ސިވިލް ކޯޓުގެ އިސްޤާޟީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލަ، ތަހްގީގްކުރެވި އެމައްސަލަ ސާބިތުނުވާކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން މި މައްސަލަ ނިންމާފައިވަނީ މި ނިމުނު މެއި މަހުގެ 31ވަނަ ދުވަހު އެވެ. އެ މައްސަލައަކީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ތަހުގީގުކުރަން ފެށި މައްސަަލަ އެކެވެ.

ޤާޟީ ޢަބްދުﷲ ޢަލީގެ މައްޗަށް ހުށައެޅުނު މައްސަލަ ސާބިތު ނުވާކަމަށް ޖޭއެސްސީން ބުނެފައިވާއިރު އޭނާއާއި ދެކޮޅަށް ޖޭއެސްސީން ބަލާފައި ވަނީ ކޮންމައްސަލައެއްކަން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން