ޖޭއެސްސީގެ ބައެއް މެންބަރުން
ޖޭއެސްސީގެ ބައެއް މެންބަރުން
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަން ސާބިތުވެފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން މިއަދު ނެރެފައިވާ ބަޔާނުގައި ވަނީ ސިވިލް ކޯޓުގެ (މިހާރު ކްރިމިނަލް ކޯޓުގެ) ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު ކޯޓުގެ ޝަރީއަތްކުރާ ރޫމްގެ ބޭރުން ކޯޓުގެ އެހެން މުވައްޒަފަކު ލައްވައި، މައްސަލަ ރައްދުވާ ފަރާތް ގޭބަންދުކުރުވައި، ކޯޓުރޫމުގެ ބޭރުގައި މައްސަލަ ރައްދުވާފަރާތް ބޭންދުމަށްފަހު މައްސަލައިގައި ޙުކުމް ހަވާލުކުރުމަކީ ކުރާކަމެއްކަމަށް ބުނެފައިވާތީ، ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދުގެ މިޢަމަލަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު ޢަމަލެއްކަމަށް ތަޙްޤީގަށް ސާބިތުވެފައި ވާކަމަށެވެ.

އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދަށް ނަޞޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް، 02 ޖޫން 2021 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަނުގެ 44 ވަނަ ޖަލްސާގައި ކޮމިޓީގެ އަޣުލަބިއްޔަތުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން