ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް އެންމެ ޤާބިލް ކެންޑިޑޭޓު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ގައުމެއް ކަނޑައެޅުމަށް ބާއްވާ އިންތިހާބު މިރޭ އޮންނާނެއެވެ. އިންތިހާބުގެ ވޯޓުލުން އޮންނާނީ ރާއްޖެ ގަޑިން މިރޭ 7:00 ޖަހާއިރު އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދގެ މައި މަރުކަޒުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ، އަބްދުﷲ ޝާހިދަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް އެންމެ ޤާބިލް އަދި އެންމެ ހުނަރުވެރި ކެންޑިޑޭޓު ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި، ސުލްހަ ގާއިމު ކުރުމާއި، ރެފިއުޖީންނާ ގުޅުންހުރި މައްސަލަތަކާއި މިނޫންވެސް ކޮންމެ މައްސަލައެއްވެސް މިނިސްޓަރ ޝާހިދު އޮމާންކަމާއި ފަސޭހަކަމާއެކު ނިންމަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރައީސް ނަޝީދު ވަނީ މިނިސްޓަރ ޝާހިދަށް އަދި ރާއްޖެއަށް އެ ވޯޓު ދެއްވުމަށް އދ. ގެ އާއްމު މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
މިއިންތިހާބުގައި 2 ކެންޑިޑޭޓުން ވާދަކުރައްވާއިރު، ރާއްޖޭގެ ފަރާތުން ވާދަކުރައްވަނީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އިންތިހާބުގައި ދެން ވާދަކުރައްވަނީ އަފްޣާނިސްތާނުގެ ފަރާތުން އެގައުމުގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމައި ރަސޫލެވެ.
އެއްއަހަރުގެ ދައުރަކަށް އިންތިހާބުކުރާ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމަށް ޝާހިދު ކެމްޕެއިން ކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، މި އިންތިހާބު ރާއްޖެއިން ކާމިޔާބުކުރާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލުން ގަބޫލުކުރައްވައެވެ. މި ކެމްޕޭނަށް ޚާރިޖީ ވަޒީރު ގިނަ ދަތުރުތަކެއް ކުރަށްވާފައި ވާއިރު މިހާރުވެސް ނިއުޔޯކްގައި ވަޑައިގެން ހުންނަވާތާ މަހެއްހާ ދުވަސް ވެއްޖެއެވެ. ކޯވިޑްގެ މި ދަތި ހާލަތުގައި ޚާރިޖީ ވަޒީރު ދައުލަތުގެ ފައިސާ ބޭކާރު ކަމަކަށް ޚަރަދު ކުރަށްވާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ދުނިޔޭގެ ޖިއޮގްރަފިކް ފަސް ބައްރުގެ ތެރެއިން ކޮންމެވެސް އެއް ނައްރެއްގެ ގައުމަކުންނެވެ. އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓަން ޔޫރަޕިއަން ސަރަހައްދެވެ.
މިހާރު ހިނގަމުންދާ 75 ވަނަ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދަނީ ވެސްޓާން ޔޫރަޕިއަން ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ތުރުކީވިލާތުގެ ބޭފުޅެކެވެ. އަދި 76 ވަނަ ދައުރުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ޤައުމަކަށެވެ. މިނިސްޓަރ ޝާހިދު ވާދަކުރައްވަނީ މިސަރަހައްދަށެވެ.

@abdulla_shahid will be an excellent President of the GA. He is a skillful and highly competent diplomat. No matter the issue - be it climate change, peace & security, refugees - Shahid will handle it with capable and steady hands. Pls vote for Shahid & Maldives 🇲🇻
— Mohamed Nasheed (@MohamedNasheed) June 7, 2021
މިއިންތިހާބުގައި 2 ކެންޑިޑޭޓުން ވާދަކުރައްވާއިރު، ރާއްޖޭގެ ފަރާތުން ވާދަކުރައްވަނީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އިންތިހާބުގައި ދެން ވާދަކުރައްވަނީ އަފްޣާނިސްތާނުގެ ފަރާތުން އެގައުމުގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމައި ރަސޫލެވެ.
އެއްއަހަރުގެ ދައުރަކަށް އިންތިހާބުކުރާ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމަށް ޝާހިދު ކެމްޕެއިން ކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، މި އިންތިހާބު ރާއްޖެއިން ކާމިޔާބުކުރާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލުން ގަބޫލުކުރައްވައެވެ. މި ކެމްޕޭނަށް ޚާރިޖީ ވަޒީރު ގިނަ ދަތުރުތަކެއް ކުރަށްވާފައި ވާއިރު މިހާރުވެސް ނިއުޔޯކްގައި ވަޑައިގެން ހުންނަވާތާ މަހެއްހާ ދުވަސް ވެއްޖެއެވެ. ކޯވިޑްގެ މި ދަތި ހާލަތުގައި ޚާރިޖީ ވަޒީރު ދައުލަތުގެ ފައިސާ ބޭކާރު ކަމަކަށް ޚަރަދު ކުރަށްވާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ދުނިޔޭގެ ޖިއޮގްރަފިކް ފަސް ބައްރުގެ ތެރެއިން ކޮންމެވެސް އެއް ނައްރެއްގެ ގައުމަކުންނެވެ. އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓަން ޔޫރަޕިއަން ސަރަހައްދެވެ.
މިހާރު ހިނގަމުންދާ 75 ވަނަ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދަނީ ވެސްޓާން ޔޫރަޕިއަން ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ތުރުކީވިލާތުގެ ބޭފުޅެކެވެ. އަދި 76 ވަނަ ދައުރުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ޤައުމަކަށެވެ. މިނިސްޓަރ ޝާހިދު ވާދަކުރައްވަނީ މިސަރަހައްދަށެވެ.
ކިޔުންތެރިންގެ ހިޔާލު