ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރު ސާޖަރީއެއް މިއަދު ކުރަށްވާފައިވާ ކަމަށް އެމަނިކުފާނުގެ ޢާއިލާއިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މޭ ގައި ދިން ޓެރަރިސްޓް ޙަމަލާއިން ލިބުނު ބޮޑެތި ޒަޙަމްތަކާއި އަނިޔާތަކާ ގުޅިގެން އެމަނިކުފާނު ވަނީ އޭޑީކޭގައި 16 ގަޑިއިރުވަންދެން ގިނަ ސަރޖަރީ ތަކެއް ހައްދަވާފައެވެ. އޭގެ ފަހުން ފަރުވާ ހޯއްދެވުމަށް ޖަރުމަން ވިލާތަށް ވަޑައިގެން އެޤައުމުގެ މިލިޓަރީ ހޮސްޕިޓަލެއްގައިވެސް އެމަނިކުފާނުގެ ފަރުވާ ވަނީ ކުރިއަށް ގެންދަވާފައެވެ.

ރައީސް ނަޝީދުގެ ފަރުވާގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އެމަނިކުފާނުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު މިއަދު ވިދާޅުވީ މިއަދު ރައީސް ނަޝީދުގެ ފައިތިލައިގެ އިތުރު ސަރޖަރީއެއް ހައްދަވާފައިވާ ކަމަށެވެ.



ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ފަސް މީހަކު ވަނީ ހައްުޔަރުކޮށްފައެވެ. އެ ހަމަލާއަށް މިއަދަށް 37 ދުވަސް ވަނީ ވެފައެވެ.

ހަމަލާއާއި ގުޅިގެން ހައްޔަރުކުރެވުނު ފަސްވަނަ މީހާގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

ރައީސް ނަޝީދުގެ ތަހުޤީޤާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވިގެން 6 މެއި ގައި ދިން ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، "ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް" ކަމަށާއި، އެހެން ކަމުން ހަމަލާއާގުޅޭ ކުޑަ މައުލޫމާތެއް ވިޔަސް އަދި ގިނަ މައުލޫމާތެއް ކަމުގައިވިޔަސް، އެއްވެސް ފަރާތަކަށް އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތާއި ދިމާކޮށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން