މަންދު ކޮލެޖް
މަންދު ކޮލެޖް
މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދިނުުމަށް ދައުލަތުގެ ފަރާތުން އެއްބަސްވި 15 މިލިއަން ރުފިޔާ ސިވިލް ކޯޓަށް ދައްކައިފިއެވެ.

މާލޭ އިންގްލިޝް ސްކޫލު (އެމްއީއެސް) ހިންގަން މަންދު ކޮލެޖާ ހަވާލުކުރި އެއްބަސްވުން އުވާލުމަށް 2015 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުމަކީ، އެ އެއްބަސްވުމާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ ގެއްލުމުގެ ބަދަލު ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ ދިވެހި ދައުލަތުގެ ކަމާބެހޭ އިދާރާގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ނިންމާފައެވެ.

އެހެންކަމުން ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އަދި ސިވިލްކޯޓުން ވަނީ 15 މިލިއަން ރުފިޔާ އެއްމަސްތެރޭގައި އެ ކުންފުންޏަށް ދެއްކުމަށް މިދިޔަ އޭޕްރީލް 19 ގައި ޙުކުމް ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އެ ހުކުމާ އެއްގޮތަށް މުއްދަތުގެ ތެރޭގައި ކޯޓަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން އެއްބައި މިހާރު މަންދު ކޮލެޖަށް ޖަމާކޮށްފައިވާ ކަމަށްވެސް ފިނޭންސުން ވަނީ ބުނެފައެވެ.

އިބްރާހިމް އިސްމާއިލް (އިބުރާ) ގެ މަންދު ކޮލެޖާއި އެމްއީއެސް ހިންގަން ހަވާލުކޮށްފައި އޮތް އެއްބަސްވުން އުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއެއްބަސްވުން އުވާލީ އެއްބަސްވުމުގައި އޮތްގޮތަށް އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ނުހިންގާ ކަމަށް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން