ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް
ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް
އެއްކޮޓަރީގެ ފްލެޓް އެޅުމަކީ މި ސަރުކާރުން އެއްވެސް ގޮތަކުން ގެންގުޅޭނެ ވިސްނުމެއް ނޫން ކަަމަށާއި، އެއީ ސޯޝަލް ހައުސިންގެ ތެރޭގައި ގެންގުޅެން ރަނގަޅު މޮޑެލެއް ނޫން ކަމަށް ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވެއްޖެއެެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވީ މި ސަރުކާރުން ދެން އިތުރަށް ކުރިއަށް ގެންދާ ހައުސިންގެ މަޝްރޫއުއެއްގައި ވެސް އެއް ކޮޓަރީގެ އެޕާޓްމެންޓް ނަހަދާގޮތަށް ސިޔާސަތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެއްކޮޓަރީގެ ފްލެޓް އެޅުމަކީ މި ސަރުކާރުން އެއްވެސް ގޮތަކުން ގެންގުޅޭނެ ވިސްނުމެއް ނޫން ކަަމަށާއި އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެެ. އެއް ކޮޓަރީގެ އެޕާޓްމެންޓް އެއީ ސަރުކާރުގެ ހައުސިން މަޝްރޫއުއެއްގެ ތެރޭގައި އިސްކަން ދީގެން ކުރިއަށްގެންދާނެ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެތަނުގައި ސިންގަލް މީހަކަށް އުޅެވިދާނެ، އެކަމަކު އާންމުކޮށް މީހަކު ސިންގަލްކޮށް މާގިނަ ދުވަހަކު ނުހުންނާނެ، އާއިލާއެއް ބިނާކުރާނެ، އެހެންވީމަ ވަން ބެޑްރޫމް އެއީ ޝޯޝަލް ހައުސިން އަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ގެންގުޅެން ރަނގަޅު އެއްޗެއް ނޫން" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ

މާލޭ ސިޓީގެ މޭޔަރު މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން އެއް ކޮޓަރީގެ އެޕާޓްމެންޓް ލިބޭނެ ކަމަށް ލިސްޓް ނެރެފައިވާ 1،000 މީހުން އެބަތިބި ކަމަށެވެ. އެމީހުންގެ ކަންބޮޑުވުންތައް އޭނާއާ ހަަމައަށް އައިސްފައިވާ ކަމަށެެވެ. އެ ފަރާތްތަކަށް މިހާތަނަށް އެހެން ގޮތެއް ސަރުކާރުން ހޯދައިދީފައިނުވީ ނަމަވެސް، އުއްމީދު ކުރަނީ އެމީހުންނަށް އެހެން ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން