ޖުމްހޫރީ ޕާޓީގެ ލިޑަރ ޤާސިމް އިބްރާހިމް (ކ) އާއި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (ވ)
ޖުމްހޫރީ ޕާޓީގެ ލިޑަރ ޤާސިމް އިބްރާހިމް (ކ) އާއި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (ވ)
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަށް ނިސްބަތްކޮށް ބައެއް މީހުން ބަދު ބަސްތައް ބުނަމުން ގެންދަނީ އެއްވެސް ޙައްޤަކާލައިގެން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ޤާސިމަށް ނިސްބަތްކޮށް މަޖިލީހުގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ފަހަކަށް އައިސް ދައްކަވަމުން ގެންދަވާ ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުން އައްޑޫ ޝަރީފު މިއަދު ވިދާޅުވީ، ޤާސިމް އިބްރާހީމަކީ އެތައް ރޮނގަކުން ދިވެހި ޤައުމަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

އެގޮތުން އިޖްތިމާޢީ ރޮނގުން ޤާސިމް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތައް ފާހަގަ ކުރަށްވަމުން ޝަރީފް ވިދާޅުވީ، މަދު ބަޔަކު އެއްވެސް ޙައްޤަކާނުލައި ޤާސިމަށް ބަދުބަސް ބުނުމަކީ ދެރަކަމެއް ކަމަށެވެ.

"މަދުމީހުން ޤަބޫލު ނުކުރިޔަސް ޤާސިމް އިބްރާހީމަކީ ދިވެހިރާއްޖެއަށް އިޤްތިޞާދީ ގޮތުންނާއި ތަޢުލީމު ދިނުމުގެ ދާއިރާއިން އަދި އިޖްތިމާޢީ ރޮނގުން އަގުނުކުރެވޭ ފަދަ ގިނަގުނަ ޚިދުމަތްތަކެއް ކުރަށްވާފައިވާ ބޭފުޅެއް." ޝަރީފް ވިދާޅުވިއެވެ.



އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވަނީ ނަފުރަތުގެ އަމަލުތައް ކަނޑައަޅާ ބިލު ނުވަތަ މަޝްހޫރު ލާދީނީ ގޮވުން ހުއްޓުވާ ބިލު ހުށައަޅާފައިވަނީ ކޯލިޝަން ޕާޓީތަކާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ވިދާޅުވެ ގާސިމަށް ނިސްބަތްކޮށް ބަދު ބަސްތައް ވިދާޅުވެފައެވެ.

ހަލީމުގެ އެ ވާހަކަތަކާއި ގުޅިގެން "ރަސްއޮންލައިން" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ލާދީނީ ކިޔުން ހުއްޓުވާ ބިލް މަޖިލީހަށް ހުށައެޅީ ޖޭޕީއާވެސް އަދި އެމަނިކުފާނާއި ވެސް މަޝްވަރާކުރުމެއް ނެތި ކަމަށާއި، ދޮންބިލެތް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި އެބިލްގެ މަފްހޫމް އޮތްގޮތަށް މަޖިލީހުން ފާސްކޮށްފިނަމަ އެއީ ލަދުވެތި ވާންޖެހޭނެ ކަމެއްކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ގާސިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން