ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް
ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް
އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމަކީ މިހާރު މާޒީވެފައިވާ ސިޔާސަތެއް ކަމަށް ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް މިއަދު ވިދާޅުވީ، އެއްރަށުން އަނެއްރަށަށް މީހުން ބަދަލު ކުރުމުގެ ސިޔާސަތަކީ މިހާރު މާޒީވެ ގޮސްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އަމިއްލައަށް ބޭނުންވެގެން އެއްރަށުން އަނެއްރަށަށް ބަދަލުވުމުން އިޖްތިމާޢީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ބައެއް ސަރަޙައްދު ތަކަކީ އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ސަރަހައްދުތައް ކަމަށާއި، އަނެއްބައި ސަރަޙައްދުތަކަކީ ހިތްފަސޭހަކަމާއެކު ދިރިއުޅެވޭނެ ސަރަޙައްދުތައް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކޮށްދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ މިއަދު ވަނީ ސަރުކާރުން ކުރިއަށްގެންދާ "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުން މަހުން މަހަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް ދައްކަން ޖެހޭ ފައިސާ ދެއްކުން ތިންމަހަށް ފަސް ކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ހައުސިން މިނިސްޓްރީން ވަނީ ގެދޮރުވެރިކަން ޕްރޮގްރާމުގެ ދަށުން ދޫކުރި 704 ފްލެޓާއި، ސަރުކާރުން ހަވާލުކޮށްފައިވާ ކޮންޓްރެކްޓްގެ ދަށުން ރަށްރަށުގައި އެޅި ހައުސިން ޔުނިޓްތަކުގައި އުޅޭ މީހުންނަށް ކޮވިޑާ ގުޅިގެން މަހު ކުލި ދެއްކުން ފަސްކޮށްދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން