ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް ޔާމީންގެ ސަރުކާރުން ޢިމާރާތްކޮށްފައިވާ ހިޔާ މަޝްރޫޢުގެ ފްލެޓެއްގެ މަހު ކުއްޔަކީ 7500 ރުފިޔާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް މިއަދު ވިދާޅުވީ، މިހާރު ސަރުކާރުން އެތަންތަނަށް ކަނޑައަޅާފައިވާ އަގަކީ 7500 ރުފިޔާ ކަމަށެވެ. އޭގެ އިތުރުން، ކޮންމެ މަހަކު ސަރވިސް ފީގެ ގޮތުގައި 1000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީކުރި ހިޔާ ފްލެޓެއްގެ އަގަކީ މަހަކު 5600 ރުފިޔާ ކަމަށް އޭރުގެ ހައުސިން މިނިސްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވި ނަމަވެސް އެ ސަރުކާރުން އެޢަދަދު ނެރެފައިވަނީ ނުބައި ފޯމިއުލާއެއް ބޭނުންކޮށްގެން ހިސާބު ޖަހައިގެން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ، ކުރީ ސަރުކާރުން ޔުނިޓަކަށް 62،000 ޑޮލަރު ޚަރަދުކޮށްގެން ފްލެޓްތައް ޢިމާރާތްކޮށްފައިވާއިރު ޔުނިޓެއް 50،000 ޑޮލަރަށް ޢިމާރާތްކުރުމަށްވެސް އެއްޕާޓީން ހުށައަޅާފައިވާ ކަމަށެވެ.

އަދި މިހާރު ޢިމާރާތް ކޮށްފައިވާ ޚަރަދަށް ބަލާއިރު ރަނގަޅަށް ހިސާބު ޖެހުމުން ޔުނިޓެއްގެ މަހުފީގެ ގޮތުގައި ޖެހެނީ 10،418 ރުފިޔާ ކަމަށާއި، އެހެންކަމުން މިހާރު ކަނޑައަޅާފައިވާ 7500 ރުފިޔާގެ މަހު ކުއްޔާ އެކުވެސް މުޅި ޕްރޮޖެކްޓުން 116 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން