ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް
ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމަކީ މިހާތަނަށް ރާއްޖޭގެ ބޯހިޔާވަހިކަމަށް އަމާޒުކޮށް އިޢުލާނުކޮށްފައިވާ އެންމެ ލުއިފަސޭހަ ލޯނު ސްކީމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

ސަރުކާރު މިހާރު ކުރިޔަށްގެންދާ ބައެއް މަސައްކަތްތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް މިއަދު މީޑިޔާއަށް ދެއްވަމުން މުޙައްމަދު މަބްރޫކް ޢަޒީޒް ވަނީ މިހާ ކުޑަ އިންޓަރެސްޓް ރޭޓެއްގައި މިހާ ފަސޭހައިން ލޯނު ލިބި، ލޯނު ދައްކަން ދިގުމުއްދަތެއް ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތްކަން ފާހަގަކުރައްވާފައެވެ.

އަދި ރާއްޖޭގެ ރަށްރަށުގައި ގެދޮރު ބިނާކުރުމަށް ފަސޭހައިން ލޯނު ލިބުމަކީ، ސަރުކާރުގެ ޖަޒީރާވަންތަ ދިރިއުޅުމުގެ ސިޔާސަތުގެ ވިސްނުމުގެ ތެރެއިން، މާލެއަށް އެންމެން އެއްފަސްކުރުމުގެ ބަދަލުގައި ރަށްރަށުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތް ފަސޭހަކޮށްދިނުމަށް ކުރެވޭ ކަމެއްކަން މަބްރޫކް ފާހަގަކުރެއްވިއެވެ. މި ލޯނު ސްކީމުގެ އިތުރު ތަފްޞީލުތަކަށް ބައްލަވާލައްވަމުން މަބްރޫކް ވަނީ ލޯނު ނެގުމުގައި ދެ ފަރާތެއް ބައިވެރިވެވޭގޮތަށް އޮތުމުގެ އެންމެބޮޑު ބޭނުމަކީ ލޯނަށް ޒިންމާނަގާ ގެރެންޓަރއެއްގެ ގޮތުގައި ދެވަނަ ފަރާތެއް ބައިވެރިވެވޭގޮތް ހެދުންކަން ފާހަގަކުރައްވާފައެވެ.

ނޫސްވެރިންނަށް މަޢޫލޫމާތުދެއްވަމުން މަބްރޫކް ވަނީ ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓްތަކުގެ ކުލި ކަނޑައެޅުމުގައި ހިސާބުތައް ހަދާފައިވާ ގޮތް އިތުރަށް ތަފްޞީލުކޮށްދެއްވާފައެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓްތަކުގެ އަގުބޮޑުވެފައި ވަނީ އެ ޕްރޮޖްޓަކީ އެ ޕްރޮޖެކްޓްގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރިއިރުވެސް އަގުބޮޑުކޮށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓަކަށް ވުމުންކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

އަދި ހަމައެހެންމެ މިހާރު އެންމެބޮޑަށް ވާހަކަދެކެވޭ ހިޔާ ޕްރޮޖެކްޓްގެ ފިނިޝިންގެ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މަބްރޫކް ވަނީ ޕްރޮޖެކްޓް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީވެސް ޕްރޮޖެކްޓްގެ ސްކޯޕްގައި އެ އެ މަސައްކަތްތައް ނުހިމަނާކަން ހާމަކުރައްވާފައެވެ.

މާލެ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢުތަކަށް ބައްލަވާލައްވަމުން މަބްރޫކް ވަނީ މާލެ ސަރަޙައްދުގައި ތަރައްޤީކުރާ 11000 ހައުސިންގ ތެރެއިން 25 ނުވަތަ 30 އިންސައްތަ ހައުސިންގ ޚާއްޞަކުރެވިގެންދާނީ ކައުންސިލު ހައުސިންއަށްކަން ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން