އެސްޓީއޯގެ ތެޔޮ ބޯޓު "އެމްވީ އަލިހުރަސް"
އެސްޓީއޯގެ ތެޔޮ ބޯޓު "އެމްވީ އަލިހުރަސް"
އެސްޓީއޯގެ ތެޔޮ ބޯޓަކަށް ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، 4.5 މިލިއަން ލީޓަރު ތެޔޮ ބަރުކޮށްގެން ދަތުރުކުރި އެސްޓީއޯގެ ތެޔޮ ބޯޓު "އެމްވީ އަލިހުރަސް" ގދ. ފަރެސްމާތޮޑާ ކައިރިން ދިޔަވާ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 3:10 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ބޯޓުގައި 4322.735 ކިލޯލީޓަރުގެ ޑީސަލާއި 456.514 ކިލޯލީޓަރުގެ ޕެޓްރޯލް ހުރިކަމަށާއި، އެބޯޓުގައި 17 ދިވެހިން ތިބި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ބޯޓުން ދިޔަވާކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓް ގާޑުގެ ޑައިވަރުން އެސަރަޙައްދަށް ގޮސް އެ ބޯޓު ދިޔަވުން ހުއްޓުވިފައިވާކަމަށް އެމްއެންޑީއެެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން