އެސްޓީއޯ ފިއުލް ސަޕްލައިގެ ޕެޓްރޯލް ޝެޑެއް
އެސްޓީއޯ ފިއުލް ސަޕްލައިގެ ޕެޓްރޯލް ޝެޑެއް
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނައިތާ ތިންމަސް ނުވަނީސް އަނެއްކާވެސް ތެލުގެއަގު ބޮޑުތަނުން ބޮޑުކޮށްފިއެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ރޭ ބުނެފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ، އެސްޓީއޯއިންވެސް ތެލުގެ އަގަށް ބަދަލު ގެނެސްފައިވާކަމަށެވެ. އަދި މިއީ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، މި ކުންފުނިން ފޯރުކޮށްދެމުންދާ ތެލުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި 20 ޖޫން 2021 އިން ފެށިގެން މި ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލުގެނައުމަށްވަނީ ނިންމިފަ." އެސްޓީއޯ އިން ބުންޏެވެ.



މި ބަދަލާއެކު މިއަދުން ފެށިގެން ޑީސަލް ލިޓަރެއްގެ އަގަކީ 10.72ރ. (ދިހަ ރުފިޔާ ހަތްދިހަ ދެލާރި) އެވެ. އަދި ޕެޓްރޯލް ލިޓަރެއްގެ އަގަކީ 9.74ރ. (ނުވަ ރުފިޔާ ހަތްދިހަ ހަތަރު ލާރި) އެވެ. އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މާރޗް މަހުއެވެ.

ކުންފުނީގެ މިހާރުގެ އެމްޑީ އަމްރު ކުންފުންޏާ ހަވާލުވިފަހުން މިހާތާނަށްވެސް ބޮޑުތަނުން ގެއްލުންވަމުން އަންނަ އެސްޓީއޯއަކީ ތެޔޮވިއްކައިގެން ލިބޭ އާމްދަނީ އަކަށް ބަރޯސާވެ ހިންގާ ކުންފުންޏެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން