ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން (މ)
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން (މ)
ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު މިއަދު އާންމުކޮށްފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެ ކުރިން ވިދާޅުވެފައިވަނީ މިފަހަރު ލޯނު ދިނުމުގައި ކޮންމެހެން ދަރިވަރުގެ "މެރިޓް" އަށް ނުބަލާނެ ކަމަށާއި، މިފަހަރުގެ ލޯން ސްކީމްގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް 471 ފުރުސަތާއެކު އަލަށް ކިޔަވާ ދަރިވަރުންނަށް 299 ފުުރުސަތު ހިމަނާފައިވާނެ ކަމަށެވެ. ސްޓޫޑެންޓު ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓު އާންމުކޮށްފައި ވަނީ މިދިޔަ މޭ މަހުގައެވެ. ވަގުތީ ލިސްޓުގައި 417 ދަރިވަރެއްގެ ނަން ވަނީ ހިމަނާފައެވެ. އަދި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައި، ދާއިމީ ލިސްޓް މިއަދު އާންމު ކުރިއިރު، 449 ދަރިވަރަކަށް ވަނީ ލޯނު ދިނުމަށް ނިންމައިފައެވެ.

ލޯނަށް ހޮވިފައިވާ ދަރިވަރުންގެ ލޯނު އެވޯޑްސް ނޮޓިފިކޭޝަން ބުދަ ދުވަހު ދަރިވަރުންނަށް މެއިލް ކުރާނެ ކަމަށާއި، ދަރިވަރުން ދެން އަމަލުކުރަންވީ ގޮތުގެ ތަފްސީލު އަންގައިދޭ ލިއުމެއް އެ މެއިލްއާއެކު ފޮނުވާނެކަމަށް މިނިސްޓްރީން ނެރެފައިވާ އިޢުލާނު ގައި ވަނީ ބުނެފައެވެ. މަތީ ތައުލީމާއި ތަމްރީނަށް ލޯނު ދޫކުރުމަށް މިއަހަރުގެ ބަޖެޓުގައި 137 މިލިއަން ރުފިޔާ ވަނީ ބަޖެޓު ކޮށްފައެވެ.

ހިލޭ ޑިގްރީ އަށް ރާއްޖޭގައި 10،000 ކުދިން ކިޔަވަމުން ދާއިރު، މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށްއެދި ލޯނުގެ ފުރުސަތަށް 1176 ކުދިން ވަނީ އެޕްލިކޭޝަން ހުށައަޅާފައެވެ. މިނިސްޓަރ އިބްރާހިމް ޙަސަން ވިދާޅުވީ، އެ އެޕްލިކޭޝަންތައް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒިފުން ވަޒަންކުރާނީ ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއިއެކު ގެޒެޓްކުރެވިފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން އެއްވެސް ސިޔާސީ ނުފޫޒެއްނެތި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

Sj

24-Jun-2021

؟



ޓްރެންޑިން