ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް (ކ) ޤާޟީ ޙަސަން ސަޢީދު (ވ)
ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް (ކ) ޤާޟީ ޙަސަން ސަޢީދު (ވ)
ކްރިމިނަލް ކޯޓުގެ ޤާޟީ ޙަސަން ސަޢީދުގެ މައްސަލަ ނުބަލާތީ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދަށް ތުޙުމަތު ކުރެވޭ މައްސަލަތަކުގައި، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީޢަތް ކުރިއަށް ގެންދިއުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަ ކަމެއް ނޫން ކަމަށާއި، އެހެންކަމުން އެގޮތަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދު ވިދާޅުވެފައިވަނީ ކޯޓުން ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއްގައި އިތުރަށް ބަހުސް ނުކުރެވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވައި މެންބަރު އުޝާމް މިއަދު ވިދާޅުވީ، ޤާޟީ ޙަސަން ސަޢީދަކީ ޤާނޫނާ ޚިލާފަށް ޢަލީ ވަޙީދު ރާއްޖޭން ބޭރަށް ފުރުވާލި ޤާޟީ ކަމަށެވެ. އަދި ޢަލީ ވަޙީދުގެ ޝަރީޢަތްވެސް މިހާރު ކުރިއަށް ގެންދަނީ ގާނޫނާހިލާފަށް ކަމަށް އުޝާމް ވިދާޅުވިއެވެ.

"ތަކުރާރުކޮށް ގާނޫނާ ހިލާފަށް ކަންކަން ކުރަމުންދާއިރުވެސް މިގާޒީގެ މައްސަލަ ޖުޑީޝަލް ސަރވިސަސް ކޮމިޝަނަށްވެސް ބެލޭކަމަކަށް ނުވި." އުޝާމް ކަންބޮޑުވުން ފާޅުކުރަށްވަމުން ވިދާޅުވި އެވެ.



އުޝާމް ވިދާޅުވީ، ސިޔާސީ ފަރާތްތަކުގެ ނުފޫޒު ޖުޑީޝަރީގައި އޮތްހާ ދުވަހަކު އިންސާފު ގާއިމެއް ނުކުރެވޭނެ ކަމަށެވެ.

ގާނޫނުތަކާއި ޝަރީޢަތް ކުރުމުގެ އުސޫލުތަކާ ޚިލާފަށް އަލީ ވަހީދުގެ މައްސަލަ ހިންގަމުން ގެންދާ ގާޒީއާއި މެދު ފިޔަވަޅު ނާޅާތީ އުޝާން ކަންބޮޑުވުން ފާޅުކުރަށްވާފައިވާއިރު ކުރީގެ ނާއިބް ރައީސް އަދީބުގެ މައްސަލަތައް ކޯޓުން ބޭރުކޮށްލި ފަނޑިޔާރަށް ރައްޔިތުންގެ މަޖިލީހުންނާއި ޖޭއެސްސީން ވަނީ ވަގުތުން ފިޔަވަޅު އަޅައިފައެވެ. މިފަދަ ކަންކަން މިހެން ހުރުމުން އަލީ ވަހީދުގެ މައްސަލައަކީ ސިޔާސީ ނުފޫޒު ވަރަށްބޮޑަށް ވަދެ އަދި ސަރުކާރުގެވެސް ނުފޫޒު ވަރަށް ބޮޑަށް ވަދެ، ގާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް ހިނގަމުންދާ މައްސަލައެއް ކަމަށް ގިނަ ބަޔަލު ތުހުމަތު ކުރެއެވެ.

ޤާޟީ ހަސަން ސައީދާއި ގުޅޭގޮތުން މީގެ ކުރިންވެސް ޖޭއެސްސީން ވަނީ ސުލޫކީ މައްސަލަތަކެއް ތަހުގީގްކޮށްފައެވެ. ކުރިން ހަސަން ސައީދާ ދެކޮޅަށް ތަހުގީގު ކުރި މައްސަލައަކީ ފެމެލީ ކޯޓުގެ ސީނިއާ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި، ހައިކޯޓަށް އެންމެ ފަހުން ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓު ފަނޑިޔާރުން ކަމަށާއި، އެމީހުން އެހުރިހާ ކަމެއް ކުރަނީ ހިޔާބޮޑު ގަހެއްގެ ދަށުގައި ތިބެގެން ކަމަށް ވިދާޅުވެ ހަސަން ސައީދު ވާހަކަފުޅުދެއްކެވި ކަމަށްބުނެ، ސުލޫކީ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާ މައްސަލައެކެވެ.

މީގެ އިތުރުން ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން އަމުރު ކުރެއްވި މައްސަލައިގައި ވެސް ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ވަނީ ތަހުގީގުކޮށްފައެވެ. ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޤަޟިއްޔާތަކެއްގައި ދަޢުވާލިބޭ ފަރާތް ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާޠިލުކުރުމަށް ޤާޟީ ޙަސަން ސަޢީދު އަމުރު ނެރުމުގައި، ފާޅުކަންބޮޑުގޮތެއްގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއްގައި ގާޒީ ހަސަން ސައީދުގެ މައްޗަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ނިމިދިޔަ ރައީސް ޔާމިންގެ ވެރިކަމުގައި ޖޭއެސްސީ އެކުލެވިފައިވާ ގޮތަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ އޭރު އިދިކޮޅުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުންނާއި އޭރު އިދިކޮޅު ފިކުރުގައި ތިއްބެވި ގާނޫނީ ބޭފުޅުންނެވެ. ޖޭއެސްސީ އެތުރިފައިވާ ގޮތަށް އިސްލާހު ގެނަސް ޖޭއެސްސީ މިނިވަން ކުރާނެ ކަމުގެ ވަޢުދާއެކު ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އެކުލަވާލި ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ރައީސް ނަޝީދުގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި އެމްޑީޕީ ފިކުރުގެ ސިޔާސީ ބޭފުޅުން ތިއްބަވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން