އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ޢާއްމުކުރި އިޢުލާނެއްގައި ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކު ޢިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ގޮނޑި ހުސްވީ އެ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ޝަރީފް އިސްތިއުފާ ދެއްވީ މި ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޖުލައި 6 އަދި 7 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު