ބީއެމްއެލް ކާޑުގެ ޚިދުމަތް ހޯދުމަށް އޭޓީއެމްގައި ހުރި ކަސްޓަމަރެއް
ބީއެމްއެލް ކާޑުގެ ޚިދުމަތް ހޯދުމަށް އޭޓީއެމްގައި ހުރި ކަސްޓަމަރެއް
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއލުން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކާޑުގެ މައުލޫމާތު އެއްވެސް ވަރަކަށް "ކޮމްޕްރޮމައިޒް" ވެއްޖެކަން ބޭންކަށް އެންގިއްޖެ ނަމަ ވަގުތުން އެ ކާޑެއް ޑީއެކްޓިވޭޓް ކުރާނެ ކަމަށް ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފަވަނީ ބޭންކުން ޚިދުމަތް ހޯދަމުންދާ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކާޑުގެ މައަލޫމާތު އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ވެއްޖެކަން ނުވަތަ ކާޑުގެ މައުލޫމާތު އެހެންފަރާތަކާ ހިއްސާކުރެވި ނުވަތަ ލީކްވުން ނޫންނަމަ ނުގަވާއިދުން ބޭނުންކުރުން ފަދަ ކަމެއް ހިނގައިފިކަން ބޭންކަށް އެނގިއްޖެ ނަމަ ވަގުތުން އެ ކާޑެއް ޑީއެކްޓިވޭޓް ކުރާނެކަމަށެވެ. އަދި މިކަން މިގޮތަށް ކުރަން ބޭންކުން ނިންމާފައިވަނީ ކަަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ބޭންކުން ބުނެފައި ވެއެވެ. އެއްވެސް ކާޑަކުން ނުގަވައިދުން މުއާމަލާތެއް ހިނގާކަން ބޭންކަށް ފާހަގަވެއްޖެނަމަ އެ ކާޑު ވެސް ޑިއެކްޓިވޭޓް ކުރާނެކަމަށް ބޭންކުން ނެރެފައިވާ ބަޔާނުގައި ވެއެވެ.

ބޭންކުން ބުނީ ޑޭޓާ ކޮމްޕްރޮމައިޒް ވެފައި ވަނީ މަދު ކާޑުތަކެއްގެ ކަމަށާއި، އެ ކާޑުތައް މިހާރު ޑީއެކްޓިވޭޓްކޮށް މެއިލްގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އެކަން އަންގާފައި ވާނެކަމަށެވެ. އަދި މީގެ އިތުރުން ޑީއެކްޓިވޭޓް ކޮށްފައިވާ ކާޑުތަކުގެ ބަދަލުގައި އައު ކާޑުތައް ހެދުމަށްފަހު ކަސްޓަމަރުންނަށް އަންގާނެ ކަމަށްވެސް ބޭނުްކުން ބުނެފައިވެއެވެ.

މީގެ ކުރިންވެސް ބޭރުގެ ބައެއް ވެބްސައިޓްތަކުން ބީއެމްއެލް ކާޑުތަކެއްގެ މައުލޫމާތު ލީކުކޮށްލާފައިވާއިރު، ބޭންކުން ވަނީ އެކާޑުތައް ޑީއެކްޓިވޭޓް ކޮށްފައެވެ. މިއާއެކު އަބަދުވެސް ބީއެމްއެލްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުބާރާއި ރައްކާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އެބޭންކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން