ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ޖުލައި މަހުގެ 10ގެ ނިޔަލަށް ރިސެސްއަށް ދިއުމަށް ނިންމާފައިވާކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ މިމަހުގެ 27ން ފެށިގެން ކުރިއަށް އޮތް ޖުލައި މަހުގެ 10 ގެ ނިޔަލަށް އެކޯޓުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ކޮންމެހެން ބާއްވަންޖެހޭ ޚާއްސަ ޝަރީޢަތްތަކުގެ އަޑުއެހުންތައް އެކަނި ކަމަށެވެ.

އެގޮތުން ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ފަރާތްތަކާއި ބަންދުކުރެވޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމާއި، ތަޙްޤީޤުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތްތައް ކުރިއެކޭވެސް އެއްގޮތަށް ކުރަމުން ގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ. އޭގެ އިތުރުން އެކޯޓުގެ ލީގަލް އޮފިސަރުންނާއި ޤާޒީން ބައިވެރިވާގޮތަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ގުޅޭ ތަމްރީނާއި މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، އަދި ދިވެހި ބަހުގެ ހަމަތަކަށް ކޯޓުގެ މުވައްޒަފުން އަހުލުވެރިކުރުމަށްޓަކައި ދިވެހި ބަހުގެ އެކަޑެމީއާއި ގުޅިގެން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްވެސް ނިންމާފައިވާ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

ހަމައެއާއެކު، ޑީޖޭއޭ މެދުވެރިކޮށް ކަމާބެހޭ އެކިއެކި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ކްރިމިނަލް ކޯޓުން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން