ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް ބަލިމީހާއަށް އަނިޔާ ކުރި ބިދޭސީ މީހާއަށް ދަޢުވާކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފިއެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހެއްގެ ގައިގާ، އޭނާ ކައިރީގައި އެހީތެރިއެއްގެ ގޮތުގައި، ބަލިމީހާގެ ޢާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަރީފް ޚާން ޖެހި މައްސަލާގައި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
މިދިޔަ މެއިމަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް މީހަކަށް ބިދޭސީ މީހަކު އަނިޔާ ކުރާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވެފައިވާއިރު އޭނާ އަކީ އެ ބިދޭސީ މީހާ ބެލުމަށް އާއިލާއިން ހަމަޖައްސާފައިހުރި މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އޭރު ބުނެފައި ވަނީ ބަލިމީހާ އަކީ މެދު ޢުމުރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެއީ އުފަންވި އިރުވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު