ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި މީހަކު 32 އަހަރަށް ޖަލަށް ލުމަށް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް މިއަދު ވިދާޅުވީ، ދޮންދަރިއަކަށް ޖިންސީ ގޯނާކުރި އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނަކު 32 އަހަރާއި އެއް މަހާއި 27 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައިވާކަމަށެވެ. ޕީޖީ ޝަމީމް ވިދާޅުވީ މި މައްސަލާގައި ދަޢުލަތް ތަމްސީލްކޮށްފައިވަނީ އައްޑޫ ގައި ޤާއިމްކޮށްފައިވާ ޕީޖީ އޮފީހުގެ ގޮފިން ކަމަށެވެ. އެ މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް ކުރި ހަތަރު ދައުވާ ވަނީ ސާބިތުވެފައެވެ.
ޝަމީމް ވިދާޅުވީ، އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ މެއި 2019 އިން ފެށިގެން ޖުލައި 2020 ގެ ނިޔަލަށްކަމަށާއި، އެ މައްސަލައިގައި ޖިންސީ ގޯނާ ކުރި މީހާ ހައްޔަރު ކޮށްފައިވަނީ ޖުލައި 2020 ގައި ކަމަށެވެ. އަދި އެ މައްސަލަ ޕީޖީން ކޯޓަށް ހުށަހަޅާފައިވަނީ އޮގަސްޓް 2020 ގައި ކަމަށާއި، މިއަދު މައްސަލާގައި ޙުކުމް ކުރެވިގެން ދިއުމަކީ ރަނގަޅު ކުރިއެރުމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.
ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ޤާނޫނުގައި ކަނޑައަޅާފައި ވީނަމަވެސް އެފަދަ ފަރާތްތަކަށް އަދަބު ނުލިބި ޝަރީޢަތުގެ މަރުޙަލާގެ ތެރެއިން ސަލާމަތްވާ ކަމުގެ ޝަކުވާ އަކީ ޢާއްމު ކަންބޮޑުވުމެކެވެ.

Incident was reported to have happened between May 2019 and July 2020. Accused arrested in July 2020. Prosecution filed in Aug 2020. Sentenced in June 2021.
— Hussain Shameem (@HuShameem) July 1, 2021
This is good work and good progress. Need to do more work to sustain this effort.
ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ޤާނޫނުގައި ކަނޑައަޅާފައި ވީނަމަވެސް އެފަދަ ފަރާތްތަކަށް އަދަބު ނުލިބި ޝަރީޢަތުގެ މަރުޙަލާގެ ތެރެއިން ސަލާމަތްވާ ކަމުގެ ޝަކުވާ އަކީ ޢާއްމު ކަންބޮޑުވުމެކެވެ.
ކިޔުންތެރިންގެ ހިޔާލު