ކައުންސިލްތަކުގެ އެސްޖީ ކަމަށް 511 މީހުން ކުރިމަތިލައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ކައުންސިލް އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގެ ގޮތުން، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޖޫން 20 ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށް ހުޅުވާލުމުން 511 މީހަކު އެ މަޤާމުތަކަށް ކުރިމަތިލައިފިއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ބުނީ ޖޫން 28 ގެ ނިޔަލަށް ސުންގަޑި ހަމަވިއިރު ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 54 އެޕްލިކޭޝަން އަދި އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 86 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެެނެރަލްގެ މަގާމަށް 317 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.
ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 20،500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއެކު ޖުމުލަ 35،500 ރުފިޔާ ލިބޭއިރު، އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 12،130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870 ރުފިޔާއާއެކު ޖުމުލަ 21،000 ރުފިޔާ ލިބެއެވެ. އަދި ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 9،300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800 ރުފިޔާއާއެކު އެކުޖުމުލަ 16،100 ރުފިޔާ ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު