ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރެއްވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެމަގާމު ވަކިކުރުމުން އޭނާގެ ދިފާޢުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ނުކުމެވަޑައިގެންފިއެވެ.
އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސްގެ މަޤާމުގައި ހުންނެވި ޑރ. އިޔާޒްގެ ދިފާޢުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ޑރ. އިޔާޒަކީ ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާ ކުރުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަށްވާ ބޭފުޅެއްކަމަށާއި، ޤައުމީ ޔުނިވަރސިޓީން ޑރ. އިޔާޒާމެދު އެޅީ އިންސާފުވެރި ފިޔަވަޅެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
ޑރ، އިޔާޒްގެ ބައެއް ފިޤުހީ ރަޢުޔާ އެއްބަސްވެވަޑައި ނުގެންނެވޭކަން ފާހަގަކުރަށްވަމުން މިސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، ދީނީ ޚިލާފްތަކާމެދު ޢިލްމީ މުޢައްސަސާތަކުގައި މިނިވަންކަމާއެކު ޢިލްމީގޮތުން ބަހުސްކޮށް ޙައްލު ހޯދެންވާނެ ކަމަށެވެ.
"ރާއްޖޭގެ އެންމެ ބޮޑު ޔުނިވަރސިޓީން އެދޮރު ބަންދުކޮށް ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ނިންމުން މުރާޖަޢާ ކުރުމަށް ގޮވާލަން." 2008 ގައި ވެރިކަމަށް އައި އެމްޑީޕީ ސަރުކާރު މަގުމަތީގެ ހަރަކާތްތަކުން ނިމުމަކަށް ގެނައުމުގައި އެންމެ އިސްކޮށް ހުންނެވި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ.
އަންހެނުން ހިތާނުކުރުމަށް ހިތްވަރު ދެއްވާ ކަމަށް ބުނެ ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވާއިރު، މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި ޑރ. އިޔާޒް އާއްމުކުރައްވާ ތަފާތު ލިޔުންތަކުން ޤައުމީ ޔުނިވަރސިޓީގެ ތަޞައްވުރު ކިލަނބުވާ ކަމަށްބުނެ އޭނާގެ މައްސަލަ އެ ޔުނިވަރސިޓީން ވަނީ ބަލައިފައެވެ. އެގޮތުން ލިޔުމުން ނަޞޭޙަތް ދިނުމަށްފަހު، އެމައްސަލައިގައި އެފަހަރު އޭނާ ވަނީ 14 ދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ.
ވަޒީފާ އިން ވަކިކުރުމުން ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ މާތްﷲ އިރާދަފުޅުން ވަޒީފާއިން ވަކިކުރި ނަމަވެސް އޭނާއަށް ނިކަމެތި ކަމެއް ނުލިބޭނެ ކަމަށެވެ. މި ސަރުކާރު ވެރިކަމަށް ގެނައުމުގައި އެމްޑީޕީއާއެކު މަސައްކަތް ކުރި އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޑރ. އިޔާޒަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފުކުރަށްވައި މި ސަރުކާރުގެ ސިޔާސަތު ތަކަށް ވެސް ވަރަށް ބޮޑަށް ތާއީދު ކުރަށްވަމުން ގެންދެވި ބޭފުޅެކެވެ.
އިޔާޒްގެ މައްސަލަ ދަޢުލަތުގެ އިދާރާތަކުން ބަލަން ފެށުމުން އިޔާޒު ވިދާޅުވެފައިވަނީ އެއީ ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ. އޭގެ އިތުރުން އަންހެން ކުދިން ހިތާނު ކުރުމަކީ އޭނާ އެއްވެސް އިރަކު ހިތްވަރުދޭ ކަމެއް ނޫން ކަމަށާއި، އަންހެންކުދިން ހިތާނު ކުރުމަށް މީހަކު ކައިރީގައި ވެސް ވިދާޅުވެފައި ނުވާނެ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ. އިޔާޒް ވިދާޅުވީ އަންހެން ކުދިން ޚިތާނުކުރުމާމެދު އޭނާ ޢާއްމު ކުރެއްވީ ޢިލްމީ ދިރާސާއެއް ކަމަށެވެ. އަދި އެމައްސަަލަ ހޫނުވުމުން އޭނާ ވަނީ މަޢާފަށް ވެސް އެދިވަޑައިގެންފައެވެ. ޑރ. އިޔާޒަކީ އެމްޑީޕީގެ ގިން އެކްޓިވިސްޓުންނާއި އިސް ބޭފުޅުން ވަރަށް ގަޔާ ނުވާ އަދި ފާޑުކިއުންތައް އަމާޒުކުރަމުންދާ ދީނީ ޢިލްމްވެރިއެކެވެ. ޑރ. ޢިޔާޒަކީ ވަރަށް ފާޅުގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ގެންދަވާ ވެސް ބޭފުޅެކެވެ.

Dheenee khilaafthakaamedhu ilmee muassasaathakugai minivankamaaeku ilmeegothun reethi akhlaaqaaekee bahuskoh halluhodhenvaane. Raajjeyge emme bodu University in edhoru bandhukoh harukashikan iskurumakee balaiganevey kameh noon. Nimmun muraajaa kurumah govaalan.
— Imran Abdulla (@ShimranAb) July 1, 2021
އަންހެނުން ހިތާނުކުރުމަށް ހިތްވަރު ދެއްވާ ކަމަށް ބުނެ ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވާއިރު، މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި ޑރ. އިޔާޒް އާއްމުކުރައްވާ ތަފާތު ލިޔުންތަކުން ޤައުމީ ޔުނިވަރސިޓީގެ ތަޞައްވުރު ކިލަނބުވާ ކަމަށްބުނެ އޭނާގެ މައްސަލަ އެ ޔުނިވަރސިޓީން ވަނީ ބަލައިފައެވެ. އެގޮތުން ލިޔުމުން ނަޞޭޙަތް ދިނުމަށްފަހު، އެމައްސަލައިގައި އެފަހަރު އޭނާ ވަނީ 14 ދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ.
ވަޒީފާ އިން ވަކިކުރުމުން ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ މާތްﷲ އިރާދަފުޅުން ވަޒީފާއިން ވަކިކުރި ނަމަވެސް އޭނާއަށް ނިކަމެތި ކަމެއް ނުލިބޭނެ ކަމަށެވެ. މި ސަރުކާރު ވެރިކަމަށް ގެނައުމުގައި އެމްޑީޕީއާއެކު މަސައްކަތް ކުރި އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޑރ. އިޔާޒަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފުކުރަށްވައި މި ސަރުކާރުގެ ސިޔާސަތު ތަކަށް ވެސް ވަރަށް ބޮޑަށް ތާއީދު ކުރަށްވަމުން ގެންދެވި ބޭފުޅެކެވެ.
އިޔާޒްގެ މައްސަލަ ދަޢުލަތުގެ އިދާރާތަކުން ބަލަން ފެށުމުން އިޔާޒު ވިދާޅުވެފައިވަނީ އެއީ ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ. އޭގެ އިތުރުން އަންހެން ކުދިން ހިތާނު ކުރުމަކީ އޭނާ އެއްވެސް އިރަކު ހިތްވަރުދޭ ކަމެއް ނޫން ކަމަށާއި، އަންހެންކުދިން ހިތާނު ކުރުމަށް މީހަކު ކައިރީގައި ވެސް ވިދާޅުވެފައި ނުވާނެ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ. އިޔާޒް ވިދާޅުވީ އަންހެން ކުދިން ޚިތާނުކުރުމާމެދު އޭނާ ޢާއްމު ކުރެއްވީ ޢިލްމީ ދިރާސާއެއް ކަމަށެވެ. އަދި އެމައްސަަލަ ހޫނުވުމުން އޭނާ ވަނީ މަޢާފަށް ވެސް އެދިވަޑައިގެންފައެވެ. ޑރ. އިޔާޒަކީ އެމްޑީޕީގެ ގިން އެކްޓިވިސްޓުންނާއި އިސް ބޭފުޅުން ވަރަށް ގަޔާ ނުވާ އަދި ފާޑުކިއުންތައް އަމާޒުކުރަމުންދާ ދީނީ ޢިލްމްވެރިއެކެވެ. ޑރ. ޢިޔާޒަކީ ވަރަށް ފާޅުގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ގެންދަވާ ވެސް ބޭފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު