މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ރާއްޖޭގެ ރިޒާވަށް 48.1 މިލިއަން ޑޮލަރުގެ ކުރިއެރުމެއް ލިބިއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުން ދައްކާގޮތުން ހުސްވި މެއިމަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވް ވަނީ 926.1 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ މިއަހަރުގެ އޭޕްރިލް މަހު ރިޒާވްގައި ހުރި 878 މިލިއަން ޑޮލަރާއި އަޅާބަލާއިރު 48.1 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

މިއަހަރުގެ ޖެނުއަރީ މަހު ދައުލަތުގެ ރިޒާވްގައި ހުރީ 830.7 މިލިއަން ޑޮލަރެވެ. އަދި ފެބްރުއަރީ މަހު މި އަދަދު 855.7 މިލިއަން ޑޮލަރަށް އިތުރުވެފައި ވީނަމަވެސް، މާޗުމަހު މި އަދަދު ވަނީ 844.7 މިލިއަން ޑޮލަރަށް ދަށްވެފައެވެ.

ރާއްޖޭގެ ރަސްމީ ރިޒާވަށް ކުރިއެރުމެއް ލިބިފައިވާއިރު، ކޯވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ހީނަރުކަމުން މަޑުމަޑުން އަރައިގަންނަމުން އަންނަ ކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ. މިގޮތުން މިހިނގާ ކުއާޓަރުގައި ގިނަ ސިނާޢަތްތަކެއްގެ ވިޔަފާރި ރަނގަޅުވާނޭކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން